''އާސްކް ސްޕީކާ''ގެ ފަސްވަނަ ޕްރޮގުރާމް ބާއްވަނީ

މިދިޔަ އަހަރު ބޭއްވި އަސްކް ސްޕީކާ ޕްރޮގަރްމާގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބާއްވާ ''އާސްކް ސްޕީކާ''ގެ ފަސްވަނަ ޕްރޮގުރާމް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ''އާސްކް ސްޕީކާ''ގެ ފަސްވަނަ ޕްރޮގުރާމެއް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 9:00ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި ޕްރޮގުރާމް ކުރިއަށްދަނީ ޕީއެސްއެމްގެ ސުޓޫޑިއޯގައެވެ. އަދި މި ޕްރޮގުރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލްމީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެއެވެ. މީގެ އިތުރުން، މި ޕްރޮގުރާމްގައި ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް ނަޝީދު ވަގުތުން ޖަވާބުދެއްވަމުން ގެންދަވާނެކަމަށް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން މި ޕްރޮގުރާމުގައި ސުވާލުކުރުމަށް ސުވާލުފޮނުވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށްވެސް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މި ޕްރޮގުރާމުގައި ލައިވްކޮށް ސުވާލުކުރައްވަން ބޭނުންވާ މީހުންނަށް ނަންނޯޓު ކުރުމުގެ ފުރުޞަތުވެސް މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 ހަމައަށްވަނީ ހުޅުވާލެވިފައެވެ.

ޕްރޮގުރާމުގައި ވަގުތުން ސުވާލުކުރައްވަން ބެނުންވާ ބޭފުޅުން އެސްއެމް އެސް ކުރާނީ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށެވެ. އަދި ސޯޝަލް މީޑިއާގައި ސުވާލުކުރައްވަން ބޭނުންވާ ބޭފުޅުން ސުވާލު ޕޯސްޓު ކުރއްވާއިރު، ''AskSpeaker#'' މި ހޭޝްޓެގް ބޭނުންކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

comment ކޮމެންޓް