މިނިސްޓަރު ނަސީމް އާލާސްކަންފުޅާ އުޅުއްވާތީ ސުވާލު ކުރުން ފަސްކޮށްފި

މީގެ ކުރިން ބޭއްވި މަޖިލިސް ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް އާލާސްކަންފުޅާ އުޅުއްވާތީ މިނިސްޓަރާ ސުވާލު ކުރުން އެހެން ދުވަހަކަށް ތާވަލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، މިނިސްޓަރު ނަސީމް އާއި ސުވާލު ކުރުމަށް އެޖެންޑާ ކޮށްފައިވެއެވެ. ނަަމަވެސް މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ ސުވާލު ކުރުން ވަނީ ފަސް ކޮށްފައެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މިިނިސްޓަރާ ކުރައްވާ ސުވާލުތަކުގެ ތެރޭގައި ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ އަދި އެ މަސައްކަތް ނިމޭނީ ކޮން އިރަކުތޯ އެއްސެވުން ހިމެނެއެވެ.

ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ދާދި ފަހުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން މަނަދޫ ހޮސްޕިޓަލުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ އެއްސެވި ސުވާލަށް މިނިސްޓަރު ނަސީމް ވަނީ ލިޔުމުން ޖަވާބު ދެއްވާފައެވެ.

comment ކޮމެންޓް