ޒިންޗެންކޯ ދޫކޮށްލުމަށްފަހު ސީޓީގެ އަމާޒު ކުކުރެލާ ހޯދުމަށް

ބްރައިޓަންގެ މާކް ކުކުރެލާ ---

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅޭ ޔޫކްރޭންގެ ޒުވާން ޑިފެންޑަރު ދޫކޮށްލުމަށްފަހު ބްރައިޓަންއަށް ކުޅޭ ސްޕެއިންގެ މާކް ކުކުރެލާ ހޯދަމަށް ސީޓީން މަސައްކަތް ފަށައިފިއެވެ.

ޒިންޗެންކޯއަކީ ސިޓީގެ ވާތު ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. ނަމަވެސް ގިނަ މެޗުތަކުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ ބޭނުންކުރަނީ މެދުތެރެއިން ވާއަތުފަޅިއަށް ކުޅޭ ކުޅުންތެރިއައްގެ ގޮތުގައެވެ.

ސިޓީގެ ޑިފެންސްލައިނުގައި ޖައޯ ކޮންސޭލޯ އަދި މެދުތެރޭގައި ބަނާޑޯ ސިލްވާއާއި ކެވިން ޑިބްރޫނާގެ މޮޅުކުޅުމުގެ ސަބަބުން ޒިންޗެންކޯއަށް ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.

އެހެންކަމުން މި ޓްރާންސްފާ މާކެޓުގައި ގިނަ ފުރުސަތު ލިބޭނެ ޓީމަކަށް އޭނާ ބަދަލުވާނެކަމަށް ބެލޭވޭއިރު ސިޓީން ވެސް އޮތީ ޒިންޗެންކޯ ދޫކޮށްލުމަށް ތައްޔާރަށެވެ.

ސިޓީން މަސައްކަތް ކުރަނީ ސްޕެއިންގެ ކުކުރެލާ އެ ޓީމަށް ގެނައުމަށެވެ. ބްރައިޓަންގައި އޭނާ މި ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކަކުން ދަނީ ކުކުރެލާ ހޯދުމަަށް މަސައްކަތް ކުރަމުންނެވެ.

ބްރައިޓަން އަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މާކް ކުކުރެލާ އަކީ ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނުވެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެންފެށި ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު ބްރައިޓަންއާ ގުޅި ކުކުރެލާ ވަނީ އެ ޓީމަށް 35 މެޗު ކުޅެދީ ގޯލެއް ވެސް ޖަހައިދީފައެވެ. އަދި ނިމިދިޔަ ސީޒަންގައި އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ކުކުރެލާއެވެ.

comment ކޮމެންޓް