މާބަނޑު ދުވަސްވަރު މޭނުބައިކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

މާބަނޑު ދުވަސްވަރަކީ އަންހެނާގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލެވުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ހޮޑުލެވުމަކީ މީހާގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނަކަމެކެވެ. އެގޮތުން ކެއުން މަތިން ފޫހިވެ، ވަޒީފާގެ މަސައްކަތަށް ބުރޫއަރާ އަދި މުޅި ދުވަހު ވަރުބަލިކަން އިހުސާސް ކުރެވޭ ކަމެކެވެ. ނަމަވެސް އާންމުކޮށް ބަނޑަށް 16-20 ހަފުތާ ވުމުން ހޮޑުލެވުން ހުއްޓެއެވެ.

މާބަނޑު ދުވަސްވަރު މާބޮޑަށް ހޮޑުލެވުން އިތުރުވާނަމަ އެކަމަށް ކިޔަނީ ހައިޕަމީސިސް ގްރެވިޑަރަމް އެވެ. އޭގެ ސަބަބުން ގައިން ވަރުދެރަވެ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭނަމަ ސިއްހަތަށް ނުރައްކާވެއެވެ.

މޭނުބައިކޮށް ހޮޑުލުން މަދުކުރަން ބޭނުންވާނަމަ ތިން ގަޑިއިރު ގިނައިން ކެއުމުގެ ބަދަލުގައި، އެ ގަޑިތަކުގައި ކާ މިންވަރު މަދުކޮށް، އެދޭތެރޭގައި ސިއްހަތަށް ފައިދާހުރި ލުއި ކާނާ ކެއުން ރަނގަޅެވެ. ސަބަބަކީ އެއް ފަހަރާ މާގިނައިން ކެއުމަކީ މޭނުބައިކުރުމުގެ ފުރުސަތު ބޮޑުވާ ކަމަކަށްވާތީއެވެ. މީގެ އިތުރުން، ދުވާލަކު މަދުވެގެން އަށް ތަށި ފެން ބުއިމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ގެސްޓްރޯއީސޮފޭގަލް ރިފްލަކްސް ޑިޒީޒް (ޖީއީއާރުޑީ) ނުވަތަ މެއިން ދިލަނެގުމަކީ މާބަނޑު ދުވަސްވަރު ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސުމާއި މޭނުބައި ކުރުންފަދަ ކަންކަން މެދުވެރިވެއެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރުގައި ކުޅިކޮށް ކެއުމުން ދުރުހެލިވާށެވެ.

ކާއެއްޗެހީގެ ވަސް ދުވުމުންވެސް ބައެއްފަހަރު މޭނުބައިކުރެއެވެ. އެހެންކަމަށްވާނަމަ އެފަދަ ކެއުންތަކުން ދުރުހެލިވާށެވެ. އަދި ކެއުމުގައި ވީހާވެސް ގިނައިން ކާބޯހައިޑްރޭޓްސް ބޭނުންކުރާށެވެ. ޕާން، ބަތް އަދި ޕާސްތާވެސް ކާބޯހައިޑްރޭޓްސްގެ ތެރޭގައި ހިމެނެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދި ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު އިނގުރު ފެން އަދި އިނގުރު ހިމެނޭ ބުއިންތައް ބޭނުންކުރުމަކީ މޭނުބައި ކުރުމުން ދުރުހެލިކޮށްދޭނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު