ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވުން އައިއެސްއަށް ތާއީދުކުރާ ލިޔުންތަކެއް ފެނުނު: ދައުލަތް

އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމް: އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ----

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމް ދިރިއުޅުނު ގެއިން ފެނުނު ޕެންޑްރައިވަކުން އައިއެސް ޖަމާއަތައް ތާއިދުކުރާ ލިޔުންތަކެއް ފެނުނު ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ ތެރެއިން ތިން މީހުން ---

ދައުލަތުގެ ވަކީލް ވިދާޅުވީ, ނާޒިމް ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކުރިއިރު އެ ގެއިން ފެނުނު ދަބަހެއްގެ ތެރޭގައި އޮތް ޕެންޑްރައިވެއްގައި އައިސް ޖަމާއަތަށް ތާއީދު ކުރާ ކަމަށް ބެލެވޭފަދަ ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުލަތުން އޭނާގެ މައްޗަށް އިއްވި ދައުވާއަށް ވަނީ އިންކާރު ކޮށްފައެވެ. އަދި އެ ލިޔުންތަކަކީ ނާޒިމްއާ ގުޅުންހުރި އަދި އޭނާގެ އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.

އެ ދައުވާއަށް ނާޒިމް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހުށައަޅާފައެވެ. އަދި ދިފާއުން ހެކި ހުށަހެޅުމަށް ވަނީ ގާޒީ ޙަސަން ސައީދު ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެއީ ދަފްތަރު ނަންބަރު 1326 ޙަސަން ޔާސީން އާއި ހުޅުމާލެ ފްލެޓް 07-3-56 މުޙައްމަދު ޒޫމާލް ޒަރީރުއެވެ.

ވަކިވަކިން ކުރިއަށް ގެންދާ ތިން މައްސަލައިގެ ތެރެއިން ޒޫމާލްގެ ބައި މިއަދު ވަނީ ކެންސަލް ކޮށްފައެވެ. އެއީ ދައުވާ ރައްދުވާ ފަރާތުން މެޑިކަލް ސެޓްފިކެޓެއް ހުށަހަޅާފައި އޮތުމުންނެވެ.

ޙަސަން ޔާސީންގެ ބައިގައި މިއަދު ގާޒީ ނިންމެވީ ދިފާއީ ހެކި ހުށަހެޅުމަށް ދެން އިތުރު މުހުލަތެއް ނުދިނުމަށެވެ.

comment ކޮމެންޓް