ކާރުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވީ ދާގަނޑަކުން!

ރަޝިއާގެ މީހެއްގެ ކާރަކުން ވައްކަން ކުރަން އުޅުނު މީހަކު، މަސް ބާނަން ގެންގުޅޭ ދާގަނޑެއް ބޭނުންކޮށްގެން ހުއްޓުވާ މަންޒަރެއް ވައިރަލް ވެއްޖެއެވެ.

ރަޝިއާގެ އަވަށެއް ކަމަށްވާ ނޮވްގޮރޯޑުގައި ޕާކު ކޮށްފައި އޮތް ކާރަކުން ވައްކަން ކުރަން މީހަކު އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެ މަންޒަރު ވަނީ ކާރު ޕާކު ކޮށްފައި އޮތް ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ރެކޯޑު ކޮށްފައެވެ.

ހަތިޔާރު ހިފައިގެން އެ މީހާ މަސައްކަތް ކޮށްފައިވަނީ ކާރުތެރޭގައި ހުރި ފައިސާތަކެއް ފެނިގެން އެ ވައްކަން ކުރާށެވެ.

އެ ކާރުގައި މީހެއް އިން ކަން އެމީހާއަށް އެނގެއެވެ. ނަމަވެސް އޭނާ އަތުގައި ހަތިޔާރު އޮތުމުން އޭނާ ބޭނުންވީ ބިރު ދައްކައިގެން ނަމަވެސް ފައިސާ ހޯދާށެވެ.

ނަމަވެސް ވީޑިއޯއިން ފެނިގެންދަނީ އެމީހާ ކާރުން ނިކުމެ، ވައްކަން ކުރަން އުޅުނު މީހާ ހިފަހައްޓަން އުޅޭ ތަނެވެ. އެގޮތުން އޭނާ ހުއްޓުވުމަށް ބޭނުންކުރީ ދޮށްޓެއްހެން ހަދާފައިވާ ދަލެކެވެ. މަސް ހިފަން ގެންގުޅޭ އެ ދާގަނޑުން ޖަހައި ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވިއެވެ.

މާ ގިނަ އިރުތަކެއް ނުވެ އެހެން މީހުން އެ ސަރަހައްދަށް އެއްވެ ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވިއެވެ. އަދި އެމީހާ ފަހުން ވަނީ ފުލުހަށް ހަވާލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު