މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ގައި ހުޅުވާލަނީ

ހުޅުމާލެ: މިމަހު މާލޭ ރައްޔިތުންނަށް ބިން ދޫކުރަން ހުޅުވާލަން ވަނީ ނިންމައިފައި-- ސަން ފައިލް ފޮޓޯ

މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުންސިންގް މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދާދި ފަހުން ވިދާޅުވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުއްމީދު ކުރަނީ މި މަހުގެ 26 ގައި އެކަމަށް އިއުލާނު ކުރެވިގެން ދާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް