ރިޓަޔާއެއް ނުވާނަން، އަދިވެސް ކުޅެވޭނެ: މާސެލޯ

މާސެލޯ ރެއާލް މެޑްރިޑާއެކު ހޯދި ތަށިތަކާއެކު---

ރެއާލް މެޑްރިޑް ދޫކޮށްލި ނަމަވެސް ރިޓަޔާ ނުވާނެކަމަށާއި އަދިވެސް އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ ފެންވަރު އޭނާގެ ގައިގައި އެބަހުރި ކަމަށް މާސެލޯ ވިއެރާ ބުނެފިއެވެ.

ރެއާލް ދޫކޮށްލުމަށްފަހު އެ ކުލަބަށް އަލްވަދާއު ކިޔުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން މާސެލޯ ބުނީ އެ ޓީމު ދުކޮށްލުމުގެ މާނައަކީ ރިޓަޔާ ވުން ނޫންކަމަށެވެ.

އެހެންނަމަވެސް އަދިވެސް އޭނާއަށް މަތީ ފެންވަރުގައި ކުޅެވޭނެކަމަށާއި، ކުރިއަށް އޮތް ތަނުގައި އެހެން ޓީމަކުން ފެންނާނެކަމުގެ ޔަގީންކަން މާސެލޯ ވަނީ ދީފައެވެ.

މާސެލޯ ބުނީ އޭނާ ބޭނުންވަނީ ޔޫރަޕުގައި ކުޅެންކަމަށާއި، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޓީމެއްގައި ކުޅެ ރަނގަޅު ކުޅުމެއް އެ ޓީމެއްގައި ދެއްކުމަކީ ބޭނުންވާ ކަމެއްކަމަށް އޭނާ ބުންޏެވެ.

މާސެލޯ ރެއާލް މެޑްރިޑާއެކު ހޯދި ތަށިތަކާއެކު--

އުމުރުން 34 އަހަރުގެ މާސެލޯ އެ ޓީމާ ގުޅުނީ 2007 ވަނަ އަހަރުގައެވެ. އަދި މިއަހަރު އޭނާ ޓީމު ދޫކޮށްލާއިރު އޭނާ ވަނީ އެ ޓީމާއެކު 25 ތައްޓެއް އުފުލާލައިފައެވެ. މިދިޔަ އަހަރު ސާޖިއޯ ރާމޯސް ރެއާލް ދޫކޮށްލުމާއެކު އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެން ފެށީ ވެސް މާސެލޯއެވެ.

ރެއާލްއާއެކު މާސެލޯ ހޭދަކުރި 16 ސީޒަނުގައި އޭނާ ވަނީ 386 މެޗު އެ ޓީމަށް ކުޅެދީ 26 ގޯލު ޖަހައިދީފައެވެ.

އޭނާ ރެއާލް ދޫކޮށްލާނެކަން އިއުލާނު ކުރި ނަމަވެސް ދެން އޭނާ ބަދަލުވާނީ ކޮން ޓީމަކަށް ކަމެއް އަދި އޭނާ ބުނެފައްނުވެއެވެ. އޭނާ ބުނީ ކުރިމަގާ ބެހޭގޮތުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު