އަހަންނަކީ އެންމެ ކުޑައިރުއްސެރު ސިޓީގެ ސަޕޯޓަރެއް: ހާލަންޑު

ހާލަންޑު ސިޓީއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން---

އެންމެ ކުޑައިރުއްސުރެ އޭނާއަކީ މެންޗެސްޓާ ސިޓީގެ ސަޕޯޓަރެއްކަމަށް ހާލަންޑު ބުނެފިއެވެ.

ބްރޯޝިއާ ޑޯޓުމަންޑު ދޫކޮށް މެންޗެސްޓާ ސިޓީއަށް ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހާލަންޑު ބުނީ އޭނާއަކީ އިނގިރޭސި ވިލާތުގައި އުފަންވި ކުޅުންތެރިއެއްކަމަށެވެ.

އެހެންކަމުން އެންމެ ކުޑައިރުއްސުރެ ސަޕޯޓުކުރަނީ ސިޓީއަށްކަމަށް ބުނެ ހާލަންޑު ވަނީ ސިޓީއަށް ގިނަ ގޯލުތަކެއް ޖަހައިދީ އެ ޓީމާއެކު ގިނަ ތަށިތަކެއް އުފުލާލަން ބޭނުންވާކަމަށް ބުނެފައެވެ.

"އަހަރެން ބޭނުންވަނީ ގޯލު ޖަހައި ތަށިތަކެއް ހޯދަން. އަދި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރަން. އަހަންނަން ހީވަނީ ސިޓީގައި އެކަންކަން ވާނެހެން،" ހާލަންޑު ބުންޏެވެ.

މީގެ އިތުރުން ހާލަންޑު ބުނީ އޭނާ އަބަދުވެސް ސިޓީގެ ކުޅުން ބަލާކަމަށެވެ. އެ ޓީމުގައި ތިބީ ހުސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިކަމަށް ވެސް އޭނާ ބުންޏެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ތައުރީފުކޮށް އޭނާ ބުނީ ގާޑިއޯލާއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށެވެ.

ހާލަންޑު ސިޓީއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--

ޑޯޓުމަންޑު ދޫކޮށް ހާލަންޑު ސިޓީއާ ގުޅުނީ 51 މިލިއަން ޔޫރޯގެ ފީއަކަށެވެ. ސީޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 2027ގެ ނިޔަލަށް އެ ޓީމުގައި އޭނާ މަޑުކުރާނެއެވެ.

ދުނިޔޭގެ ބޮޑެތި ގިނަ ކުލަބުތަކުން ލޯ އަޅަމުން ދަނިކޮށް ސިޓީން ހާލަންޑު ގެންދިޔައިރު ދުނިޔޭގެ ގަދަބާރު ރެއާލުން ވެސް އޮތީ ހާލަންޑު ގެންދަން ތައްޔާރުވެފައެވެ.

ޑޯޓްމަންޑުގައި ހާލަންޑު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 66 މެޗު ކުޅެދީ 61 ލަނޑު ޖަހައިދީފައެވެ.

comment ކޮމެންޓް