ވީއޭއެމް އެސޯސިއޭޝަން ކަޕް: ވެމްކޯއިން ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ކުރި ހޯދައިފި

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ވެމްކޯއާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު މެޗުގައި ކުލަބު ވެމްކޯއިން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފިއެވެ.

އެ މެޗު ވެމްކޯއިން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ވެމްކޯއިން މިރޭގެ މެޗަށް ނިކުތުމުގެ ކުރިން އެ ޓީމުގެ ފުރަތަމަ މެޗުން އޮއްފު އެފްސީގެ މައްޗަށް ވަނީ ކުރި ހޯދައިފައެވެ. އަދި މިރޭގެ މެޗުން ބަލިވި ސްޕޯޓްސް ކްލަބް ސިޓީ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދެވެރި މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންދިޔައީ 27-25 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ސެޓުގައި ވެސް އެހައިމެ ވާދަވެރި ކުޅުމެއް ވަނީ ދެ ޓީމުގެ ފަރާތުން ފެނިފައެވެ. އެ ސެޓު 25-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެމްކޯއިންނެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ވެމްކޯއާއި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ނަމަވެސް ތިން ވަނަ ސެޓުގައި ސްޕޯޓްސް ކްލަބް ސިޓީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ވަނީ އެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެ ސެޓު ކާމިޔާބުކުރީ 25-18 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަތަރު ވަނަ ސެޓު 25-17 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެ ޓީމުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

އެ މުބާރާތުގައި މާދާމާ ކުޅެން ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. މާދަމާ ރޭ 8:15 ގައި ކުޅެން ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި އޮއްފު އެފްސީއެވެ.

comment ކޮމެންޓް