ޕާސްޕޯޓުގެ ޑިމާންޑު ބޮޑުވެ، އިމިގްރޭޝަންގެ ޚިދުމަތްދޭ ގަޑިތައް އިތުރުކޮށްފި

އިމިގްރޭޝަންގެ ޚިދުމަތްދޭ ކައުންޓަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާސްޕޯޓުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމާގުޅިގެން އިމިގްރޭޝަންގެ ޚިދުމަތްދޭ ގަޑިތައް އިތުރުކޮށްފިއެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ގިނަ ދުވަސްތަކަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ދަތުރުކުރުމުގެ ލުއިތައް ދިނުމާގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު އަންދާޒާކުރި ވަރަށްވުރެ ގިނަކަމަށެވެ.

އެގޮތުން ކުރިން ދިވެހި ޕާސްޕޯޓަށް އެދި އެވްރެޖުކޮށް ހުށަހަޅަނީ 200 އެޕްލިކޭޝަނެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 އެޕްލިކޭޝަން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި ޑިމާންޑާ ގުޅިގެން އިމިގްރޭޝަންގެ މަސައްކަތްތައް މިހާރު ރޭގަނޑު 09:30އާ ހަމައަށް މެދުނުކެނޑި ކުރިއަށްގެންދާނެއެވެ. އެހެންކަމުން މާދަމާއިން ފެށިގެން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރުދޫކުރުން ކުރިއަށްގެންދާނީ މެންދުރުފަހު 03:00އާ ހަމައަށެވެ.

comment ކޮމެންޓް