ގެލެކްސީ އެސް20ގައި އަނެއްކާވެސް ޑިސްޕްލޭގެ މައްސަލަތަކެއް

ސެމްސަންގަކީ ފޯން ޑިސްޕްލޭ އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވީ ނަމަވެސް ގެލެކްސީ އެސް 20ގައި ދަނީ ޑިސްޕްލޭ މައްސަލަތަކަކާ ކުރިމަތި ވަމުންނެވެ.

ގެލެކްސީ އެސް 20ގެ ސްކްރީންގައި ފެހިކުލައާއި ފިޔާތޮށި ކުލައިގެ ރޮނގުތަކެއް ހުރި ކަމަށް ބުނެ ކަސްޓަމަރުން ވަނީ މިދިޔަ އަހަރުވެސް ޝަކުވާކޮށްފަ އެވެ.

ޓްވިޓާ އަދި ރެޑިޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގެލެކްސީ އެސް 20 ބޭނުންކުރަމުންދާ ގިނަ އަދަދެއްގެ މީހުން ދަނީ އެމީހުންގެ ފޯނުގައިވާ ފިޔާތޮށިކުލައިގެ ރޮނގުތަކުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ.

ސެމްސަންގް ގެލެކްސީ އެސް 20 ނެރުނުތާ ދެ އަހަރުވެފައިވާއިރު, މިހާރު ގިނަ ފޯންތަކުން ވޮރެންޓީ ވަނީ ހަމަވެފައެވެ. މިދިއަ އަހަރު ޑިސްޕްލޭ މައްސަލަތަކާ ގުޅިގެން ސެމްސަންގުން ސްކްރީން ބަދަލުކޮށްދިން ނަމަވެސް މި އަހަރު އެކުންފުނިން އެގޮތަށް ކަންތައް ކުރާނެކަމަށް ނުބެލެވެއެވެ.

ސެމްސަންގުން އެ މައްސަލައާ ބެހޭ ގޮތުން އެއްޗެކޭ ބުނަން ދެކޮޅު ހަދާފައެވެ. އެހެންކަމުން އެ މައްސަލައަކީ ސޮފްޓްވެއާގެ މައްސަލައެއްތޯ ނުވަތަ ހާޑްވެއާގެ މައްސަލައެއްތޯ ދެނެގަނެވިފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު