ބާސެލޯނާއިން ގަވީގެ ކޮންޓްރެކްޓު އާކުރުމާ ގާތަށް، ރިލީޒް ކްލައުސް އަކީ 100 މިލިއަން ޔޫރޯ

ބާސެލޯނާގެ ޕްބްލޯ ގަވީ---

ބާސެލޯނާއަށް ކުޅޭ އުމުރުން 17 އަހަރުގެ ސްޕެއިންގެ ޕްބްލޯ ގަވީގެ ކޮންޓްރެކްޓު އާކުކުރުމާ ގާތަށް އެ ޓީމުން ޖެހިލައިފިއެވެ.

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާއާ ހަވާލާދީ ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ ގަވީގެ ކޮންޓްރެކްޓު އާކުރާނެކަމަށް މިހާރު އެ ޓީމަށް އުންމީދުކުރެވޭކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އެ ޓީމުން ގަވީގެ ކުޅުން ފެންނަން ބޭނުންވާކަމަށާއި، އޭނާ ބާސާގައި ކުރިއަށްދާން ބޭނުންވާކަމަށެވެ.

ގަވީ ކޮންޓްރެކްތު އަކޮށްފިނަމަ އެ ކޮންޓްރެކްޓުގެ ދަށުން އޭނާ އެ ޓީމުގައި 2027 ގެ ނިޔަލަށް މަޑުކުރާނެއެވެ. އަދި ގަވީ ގެންދިއުމަށް ބާސެލޯނާއަށް 100 މިލިއަން ޔޫރޯ ރިލީޒް ކްލައުޒްގެ ގޮތުގައި އެ ޓީމަކުން ދައްކަން ޖެހޭނެއެވެ.

ގަވީ ބާސެލޯނާގެ ކޮންޓްރެކްޓް އާކުރާއިރު އޭނާ ހޯދުމަށް ގިނަ ކުލަބު ތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލިވަޕޫލުން ވަނީ އޭނާ ހޯދުމަށް 50 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް ބާސެލޯނާއިން ހުށަހަޅަނީ ފުރަތަމަ ސީޒަނުގައި ހަތަރު މިލިއަން ޔޫރޯ އަދި ދެވަނަ ސީޒަނުގައި ހަ މިލިއަން ޔޫރޯ އަދި ތިންވަނަ ސީޒަނުގައި އަށް މިލިއަން ޔޫރޯ ދިނުމަށެވެ.

ގަވީ އަކީ 2015 ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ އެކެޑަމީގައި ކުޅެމުންއައި ކުޅުންތެރިއެކެވެ. އޭނާގެ ޖާދުވީ ކުޅުމުގެ ސަބަބުން މިދިޔަ އަހަރު، އޭނާގެ އުމުރުން 16 އަހަރުގައި ބާސެލޯނާގެ ފުރަތަމަ ޓީމުން ގަވީ ވަނީ ޖާގަހޯދައިފައެވެ.

މި ސީޒަނުގައި ބާސެލޯނާގެ މެދުތެރެއިން ގަވީގެ މޮޅު ކުޅުން ވަނީ ފެނިފައެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ދަނޑުމަތީގައި އޭނާ އަކީ އިދިކޮޅު ކުޅުންތެރިން ވަރަށް ސަމާލުވާންޖެހޭ ކުޅުންތެރިއެކެވެ.

ބާސެލޯނާއަށް ކުޅުނު މޮޅު ކުޅުމުގެ ސަބަބުން ގަވީ ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅުމުގެ ފުރުސަތު ލިބި އެ ފުރުސަތުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެންމެ ފަހުން ސްޕެއިން ޔޫއެފާ ނޭޝަންސް ލީގުގައި ޗެކްރިޕަބްލިކް އާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖަހައި ސްޕެއިންގެ ޤައުމީ ޓީމަށް ގޯލުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށް އޭނާ ވަނީ ވެފައެވެ. އޭނާ އާއެކު ބާސެލޯނާގައި ކުޅޭ އަންސޫ ފަތީގެ ރެކޯޑު މުގުރާލާ އޭނާ ފުރަތަމަ ގޯލު ޖަހައިފައިވަނީ އުމުރުން 17 އަހަރާއި 304 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް