ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ މައުލޫމާތު ދަންފަޅިއެއް ބާއްވައިފި

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހި ބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުގެ އިސް މަގާމުތަކާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ދަރަޖަތަކާ ބަހޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ބާއްވައިފިއެވެ.

ރައީސް އޮފީހާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން މިއަދު ބޭއްވި ސެޝަންގައި މައުލޫމާތު ދެއްވީ ދިވެހި ބަހުގެ އުސްތާޒެއް ކަމުގައިވާ އާދަމް ނަސީރު އިބްރާހީމްއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މައުލޫމާތުގެ މި ދަންފަޅީގައި ދިވެހިބަހުގެ ދަރަޖަތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި ވާހަކަ ދައްކާއިރު ރަނގަޅު ދަރަޖަތައް ބޭނުންކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން މި ދަންފަޅި ފަށާފައިވަނީ ދިވެހި ބަހުގެ ތައާރަފަކުންނެވެ.

އޭނާ ވިދާޅުވީ ބަހެއްގައި ހުންނަ ޠަބިއްޔަތު އެނގުމަކީ މުހިއްމު ކަމެއް ކަމަށާއި ފަހަކަށް އައިސް އޭގެ ބޭނުންތެރިކަން ގިނަ މީހުންނަށް ނޭނގޭކަމަށެވެ.

"އަޅުގަނޑުމެންނާ ބަހާ އެހާ ދުރުވީމަ ކަންނޭނގެ. އާންމުކޮށް ބުނެވިފަ އޮންނަނީ އެއީ ވަރަށް އާދައިގެ ކަމެކޭ. ނަމަވެސް އެހެނެއްނޫން. ބަހަކީ އެއަށް ވުރެ ފުން އެއްޗެއް. އެއްބައި ކިޔާފަ އޭގެ އަނެއް ބައި ހީވާ ހީވުމަށް ދޫކޮށްލެވޭ ވަރަށް ވުރެ ފުން އެއްޗެއް ބަހަކީ،" އާދަމް ނަސީރު ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ވީޑިއޯއެކެވެ. އެ ވީޑިއޯގައި މައިމީހާގެ ރަހިމުގެ ތެރޭގައި އޮތް ތުއްތު ކުއްޖަކު ހިނިތުންވާ މަންޒަރުފެނެއެވެ. އާދަމް ނަސީރު ވިދާޅުވީ އެ ވީޑިއޯ ބަލާލުމުން އެވަނީ ކީއްކަން އެ ބަލާ މީހަކަށް ދޭހަވާނެކަމަށެވެ. އަދި މައިމީހާގެ ރަހިމުގެ ތެރޭގައި އޮންނަ ކުއްޖަކަށް އުފާވެރިކަމާއި ހިތާމަވެރިކަމުގެ އިހުސާސު ވަނީ ކީއްވެކަން ބަހުގެ އިލްމުވެރިން މިހާރު ދެނެގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މައިމީހާގެ ރަހިމުގެ ތެރޭގައި އޮވެގެން ވެސް ކުއްޖާ ބަސް ދަސްކުރަން ފަށާ. ބޭރުން ކުއްޖާއަށް އޭގެ އަސަރު ކުރޭ. ވިހެއުމުގެ އެންމެ ފަހު 10 ހަފުތާގައި ކުއްޖާގެ ބަހަވީ ގާބިލުކަމަށް ކުރިއެރުންތަކެއް އަންނަކަން ބަހުގެ އިލްމުވެރިންގެ ހޯދުންތަކުން ދައްކާ،" އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހި ބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބައެއް ބަހަވީ އިލްމުވެރިންގެ ދިރާސާތައް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ޖަޕާންގެ ބަހަވީ އިލްމުވެރިއެއް ހޯދި ހޯދުންތަކުން އެންމެ ފުރަތަމަ ކުއްޖާ އުފަންވެގެން ރޯލާ ރުއިމުގައި ހުންނަނީ އެކުއްޖާގެ މާދަރީ ބަހުގެ އަޑުތައްކަން އެނގިފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުއްޖާގެ ވަށައިގެންވާ އަޑުތައް ދަސްކުރަން ފަށާ. ކުއްޖާގެ މަންމައާ ބައްޕަގެ އަޑުތައް ފާހަގަވާނެ. އެހާވެސް ފުނުން އިންސާނާއާ ގުޅިފައިވާ އެއްޗެއް ބަހަކީ،" އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބަހުގެ އިލްމުވެރިއެއް ބަހުގެ ތައާރަފުގެ ގޮތުގައި ބަޔާންކޮށްފައިވާ ގޮތް ކިޔައިދެއްވަމުން، ބަހަކީ ހަމައެކަނި ލަފުޒުތަކެއް އެކަނި ނޫންކަމަށާއި އެހާ ލުއި އެއްޗެއްވެސް ނޫން ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

"އެއީ ސަގާފަތާއި އާދަކާދަ. އަދި އިންސާނީ ޖަމާއަތެއްގެ އެއްގޮތްވަންތަ ކަމާއި އެބައެއްގެ މުޅި ތާރީޚު އެ މައްޗަށް ބިނާވެ މުޖުތަމައުގެ ގުޅުންތައް ލާމަހާލަދޭ ބާރެއް،" އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާދަމް ނަސީރު ވިދާޅުވީ މާތް ބަހުން ވާހަކަ ދެއްކުމުގެ ހުނަރަކީ ވިސްނާ ގޮތަކުން ވިސްނާލީމަ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެންމެ ކުރީއްސުރެ ވެސް ދިވެހި ބަހުން ވާހަކަދައްކާނެ ދަރަޖަތައް ވަރަށް ރަނގަޅަށް ބަޔާން ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަރާފައިވަ ޒަމާނާއެކު ދިވެހިންގެ މެދުގައި ދަރަޖަތައް ބޭނުންކުރެވޭ ގޮތް ނުރަނގަޅީކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ބަހެއްގައިވެސް ވާހަކަދައްކަން ޖެހޭ ދަރަޖަތަކެއް ހުރޭ. ބައެއް އިލުމުވެރިން ބަހުގެ ދަރަޖައަކީ މީހަކަށް މާތްކޮށް ހިތުމަށާއި މާތްކޮށް ނުހިތުމަށް ވެސް ބޭނުން ކުރާ އެއްޗެއްކަމުގައި ބުނޭ،" އޭނާ ވިދާޅުވިއެވެ.

އަމިއްލަ ނަފްސަށް ނިސްބަތްކޮށް މާތް ބަސް ބޭނުން ނުކުރާނެ ކަމަށާއި މާތް ބަހަކީ ވާހަކަ ރައްދުވާ މީހާއަށް ނިސްބަތްކޮށް ބޭނުން ކުރާ އެއްޗެއް ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. ބައެއް ހާލަތްތަކުގައި ވާހަކަ ދައްކާ މީހާ ސީދާ ނިކަމެތި ކޮށްލުމުގެ ބޭނުމުގައި ވެސް މާތް ބަސް ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރަކު ބޭނުންވާ ގޮތަކަށް އަދި ހާލަތާ އެންމެ ގުޅޭ ގޮތަށް ކޮންމެ އެއްޗެއްވެސް ބޭނުން ކުރާނީ. އެއްޗަކުން ކުރެވޭނީ އެންމެ ބޭނުމެއް ނޫން. އެކި ވަގުތުތަކުގައި އެކި ކަންކަމުގައި ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާތް ކުރުމަށްޓަކައި ދަރަޖަ ދެވެނީ މީހަކަށް ނުވަތަ ޝަޚްސަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިސްތިސްނާވާ ހާލަތްތައް އަންނާނެ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

"ވަޒީރުގެ ކާރު ކޮޅު މަޖީދީ މަގުން އެބަ އާދޭ މިހެން ބުނަންވާނީ. ވަޒީރުގެ ކާރު ކޮޅު މަޖީދީ މަގުން އެބަ ވަޑައިގަންނަވައޭ ބުނީމަ ކާރު ވެސް އެބަ މާތް ކުރެވޭ. މާތް ކުރުމަށްޓަކައި ދަރަޖަ ދެވޭނީ ޝަޚްސަށޭ ބުނަނީ މި ސަބަބަށްޓަކައި،" މިސާލެއްގެ ގޮތުން އޭނާ ވިދާޅުވިއެވެ.

ޝަޚްސަކަށް ނިސްބަތްކޮށް މާތް ބަސް ބޭނުން ކުރުމަށް ބައެއް ފަހަރު އެ މީހަކާ ގުޅުވާފައި ބުނާ އެއްޗެއްގެ ފަހަތަށް ބައެއް ބަސްތައް އިތުރުކުރެވޭ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. އެގޮތުން މީހާ މާތް ކުރުމަށްޓަކައި އެމީހަކަށް ނިސްބަތްވާ އެއްޗެއް ނުވަތަ ސިފައެއް ނުވަތަ ކަމެއްގެ ފަހަތަށް ދަރަޖައިގެ އަކުރުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސައްޔިދިނާ އަބޫބަކުރުގެފާނު ދުވަހަކުވެސް ރާ ފޮދެއް ނުހިއްޕަވައެވެ. މިތަނުގަ ވެސް ރާ އެ ނިސްބަތް ވަނީ އަބޫބަކުރުގެފާނަށް. އެހެންކަމުން މިތާގަވެސް ރާ މާތްވަނީ އެއް ނޫން. އެބޭފުޅަކަށް މާތްކޮށް ހިތުމަށް އެންމެ ކައިރިން ގުޅޭ އަކުރުގެ ފަހަތަށް ދެ އަކުރު އިތުރުވަނީ،" ސިޔަރަތުން މިސާލު ދައްކަވައި އޭނާ ކިޔައިދެއްވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހި ބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން ދިވެހި ބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހީމް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އާދަމް ނަސީރު ވިދާޅުވީ އޮފީސް މާހައުލުގައި ގެންގުޅެން ޖެހޭނީ މާތް ބަސް ކަމަށާއި ދަރަޖަތައް ބޭނުން ކުރުމުގައި އަބަދުވެސް ފަރުވާތެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއަދު ބޭއްވި މި މައުލޫމާތު ދަންފަޅިއާ ގުޅިގެން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް "ސަން" އަށް ވިދާޅުވީ އެންމެ ދުވަހަކު ބާއްވާ މައުލޫމާތުގެ ސެޝަނަކުން ބަހުގެ ދަރަޖަތަކާ ބެހޭ ގޮތުން އެންމެ އެކަށީގެންވާ މައުލޫމާތު ނޭނގޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި މިފަދަ އިތުރު ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"އެންމެ ދުވަހަކުން މައުލޫމާތު ދީގެން ހަގީގަތުގައި ވެސް މާތް ބަހުން ވާހަކަދައްކާކަށް ބުނެއެއް ނުދެވޭނެ. ދަހެއްވެސް ކޮށެއްނުދެވޭނެ. އެކަމަކު ވެސް މިއީ ހަމަ ރަނގަޅު ފެށުމެއް. މިކަހަލަ އިތުރު ސެޝަންތައް ވެސް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ހާޒިރީންނާ މުޙާތަބުކޮށް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދު މެންދުރު 13:00 އިން 15:00 އަށް ބޭއްވި މި މައުލޫމާތު ދަންފަޅީގައި އާދަމް ނަސީރު ބައިވެރިވެވަޑައިގެން ފުރިހަމަ މައުލޫމާތު ސެޝަންއެއް ނަގައިދިން ކަމަށްޓަކައި ރައީސް އޮފީހާއި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ނަމުގައި ޝުކުރުގެ ހަނދާނީ ފިލައެއް އޭނާއަށް ދެއްވިއެވެ.

ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ބޭއްވި ޕްރޮގްރާމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

comment ކޮމެންޓް