ޝިފާގެ މައްސަލަ އެމްއެންޕީގެ ސުލޫކީ ކޮމިޓީން ބަލަން ފަށައިފި

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ: އޭނާގެ ސުލޫކީ މައްސަލައެއް އެމްއެންޕީން އަންނަނީ ބަލަމުން --- ފޮޓޯ/ އިންސްޓަރާމް

ޓިކްޓޮކުން މަޝްހޫރުވި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް އެމްއެންޕީން ބަލަން ފަށައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ޝިފާ އެހެން އަންހެނަކާއެކު ބަރަހަނާ ހާލުގައި ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެކަމާ ގުޅިގެން މިއަދު އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަޙްމަދު ވިދާޅުވީ ޝިފާގެ މައްސަލަ މިހާރު ދަނީ އެޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުންކަމަށެވެ.

އެ ވިޑިއޯ އާންމުވުމާއެކު އެތައް ބައެއްގެ ނުރުހުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެކަމާ ގުޅިގެން ޝިފާއަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ޝިފާ މަސައްކަތް ކުރަމުން އަންނަ ޑާންސް ގްރޫޕުން ވެސް އޭނާ ވަނީ މިހާރު ވަކިކޮށްފައެވެ. އެއީ ފިލްމީތަރި ޖާދުﷲ އިސްމާޢީލާއި އިތުރު ބަޔަކު ގުޅިގެން ހިންގާ ޑާންސް ގްރޫޕެކެވެ.

މީގެ ކުރިންވެސް ޝިފާގެ އަމަލުތައް ހުންނަ ގޮތުން އޭނާ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

comment ކޮމެންޓް