އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖޭން އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެންބަރު ގައުމަކަށް ވުމަށް ރުހުން ހޯދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާގައި އައިޓީއެފްސީގައި ބައިވެރިވުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވަވާފައިވަނީ މަޖިލީހުގެ އަމީންއާމެވެ.

އެ ސިޓީގައި ރައީސް ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމާ ބެހޭ ގޮތުން މަޝްވަރާކޮށް، މެންބަރަކަށް ވުމަށް ނިންމާފައިވާ ކަމަށެވެ. ވުމާއެކު މަޖިލީހުން އެކަން ދިރާސާ ކުރުމަށް ފަހު ނިންމާ ގޮތެއް އެންގުމަށް ރައީސް ވިދާޅުވިއެވެ.

އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެކެވެ. އެއީ ވިޔަފާރި ކުރިއެރުވުމުގެ މަގްސަދުގައި އުފެއްދި ކުންފުންޏެކެވެ.

comment ކޮމެންޓް