އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން އެއް ދުވަހުގެ ސެމިނާއެއް ބާއްވައިފި

އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި އެއް ދުވަހުގެ ސެމިނާގެ ތެރެއިން -- ފޮޓޯ/ އެވިޑް

އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން އެއް ދުވަހުގެ ސެމިނާއެއް ބާއްވައިފިއެވެ.

އެވިޑް ކޮލެޖުން މިދިޔަ ބުދަ ދުވަހު އެ ސެމިނާ ބޭއްވީ، "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ ކޮލެޖް ހަމަޖެއްސުމާ ގުޅިގެންނެވެ.

އެ ސެމިނާ ބޭއްވީ "ޕަސްޕެކްޓިވްސް އެންޑް ފިއުޗާ އެވެނިއުސް ފޯ ޓްރެވެލް އެންޑް އޭވިއޭޝަން އިންޑަސްޓްރީ"ގެ ނަމުގައި، ކަމާ ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމުގެ ގޮތުންނެވެ.

އެވިޑް ކޮލެޖުން ވަނީ އެއީ ވަރަށް ކާމިޔާބު ސެމިނާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން އެ ސެމިނާގައި ކަމާ ގުޅޭ ދާއިރާތަކުން 40 ބޭފުޅަކު ބައިވެރިވެލެއްވި ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި އެއް ދުވަހުގެ ސެމިނާގެ ތެރެއިން -- ފޮޓޯ/ އެވިޑް

އެ ސެމިނާގައި ވާހަކަދެކެވި، މަޢުލޫމާތު ބަދަލުކޮށް ހެދި މައިގަނޑު ބައިތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި "އަޔާޓާ"ގެ ދައުރަކީ ކޮބައިކަމާއި ކޮވިޑް-19ގެ ސަބަބުން ޓްރެވެލް އިންޑަސްޓްރީއަށް ކުރި އަސަރާއި ދިމާވި ގޮންޖެހުންތައް ހިމެނެއެވެ.

ހަމައެއާއެކު، "އަޔާޓާ" ސެޓިފިކޭޝަންއާ ގުޅުމުން ހުރި ފައިދާއާއި "އަޔާޓާ" އޮތޮރައިޒްޑް ޓްރެއިނިން ސެންޓަރެއްގެ ދައުރަކީ ކޮބައިކަމުގެ މައްޗަށް އެ ސެމިނާގައި އަލިއަޅުވާލި ކަމަށް އެވިޑުން ބުންޏެވެ.

އެ ސެމިނާގައި މައިގަނޑު ގޮތެއްގައި ސްޕީކާއެއްގެ ދައުރު އަދާކުރެއްވީ އަޔާޓާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާ އެވެ.

އެ ސެމިނާގައި އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު އަދި ރެކްޓަރު، ޑރ. ސުނީނާ ރަޝީދުއާއި ކޮލެޖްގެ ސީނިއާ ބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި "އަޔާޓާ"ގެ ކޯސްތައް ހިންގުމަށްޓަކައި އެވިޑް ކޮލެޖުން ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ.

comment ކޮމެންޓް