ތެޔޮފޮދު އުކާލަން ނުޖެހޭ މަސްދަޅެއް މިފްކޯއިން ތައާރަފުކޮށްފި

ތެޔޮފޮދު އުކާލަން ނުޖެހޭ ގޮތަށް އުފައްދާފައިވާ މަސްދަޅެއް މިފްކޯއިން ތައާރަފުކޮށްފިއެވެ.

މިފްކޯއިން މި އުފެއްދުން އެންމެ ފުރަތަމަ ދައްކާލާފައިވަނީ މިއަދު ފެށި ފުޑް އެންޑް ބެވަރޭޖަސް ޝޯގެ ތެރެއިންނެވެ. އެ ކުންފުނިން ބުނީ މި މަހުގެ ތެރޭގައި އެ މަސްދަޅު ބާޒާރަށް ނެރޭނެ ކަމަށެވެ.

އުފެއްދުންތެރި ޓެކްނޮލޮޖީއަކާއެކު މަދު ތެޔޮ ފޮދެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި މަސްދަޅަކީ މިހާރު އެ ކުންފުނިން ވިއްކާ "ޗަންކްސް އިން އޮއިލް" މަސްދަޅަށް ވުރެ އަގުހެޔޮ އުފެއްދުމަކަށް ވާނެ ކަމަށް މިފްކޯއިން ބުނެއެވެ. އަދި ދަޅުގައި ހުންނަ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ބަދިގޭގެ ތަޣައްޔަރުވުން ކުޑަވެ، މަސްދަޅު ބޭނުން ކުރަން ފަސޭހަ ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ނަމުގައި އުފައްދާ މި ބާވަތުގެ މަސްދަޅު އޮލިވް އޮއިލް، ސަންފްލާވާ އޮއިލް އަދި ސޯޔާ ބީން އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފައްދާނެކަމަށް މިފްކޯއިން ބުނެެއެވެ.

އެ ކުންފުނިން ބުނީ މިއީ ބަދިގެއިން ބޭރުގައި ވެސް ސޭންޑްވިޗާއި ޕަނީނޯ ފަދަ ބާވަތްތައް ތައްޔާރުކުރުމަށް ފަސޭހަވާނެހެން ތައްޔާރުކޮށްފައިވާ މަސްދަޅެއް ކަމަށެވެ.

އެ މަސްދަޅުގެ ރަހަ ބެލުމުގެ އިންތިޒާމު ފުޑް އެންޑް ބެވަރޭޖް ޝޯގައި ހުރި މިފްކޯގެ ސްޓޯލުގައި ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް