ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ޚަރަދުގައި ރައްޔިތުންނަށް ދޭންޖެހޭ: ޑރ. މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ޚަރަދުގައި ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވަނީ ރިސައިކަލް ކުރުމާއި ތިމާވެށި ހިމާޔަތްކުރުންވެސް މުހިއްމު ކަމުގައެވެ. ނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލުކުރުން މުހިއްމުކަމުގައިވެސް މުއިއްޒުގެ ޓުވީޓުގައި ވެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމާފައިވާ ފަދައިން ކުނި ވަކިކޮށްގެން ނެގުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެއެވެ.

ކުނި ވަކިކޮށްގެން ނެރެން ޖެހެނީ، ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ވެމްކޯއިން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ.

މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެނެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެނެވެ.

comment ކޮމެންޓް