މި ޓްރާންސްފާ މާކެޓުގައި އަދިވެސް ގިނަ ކުޅުންތެރިން ސިޓީއާ ގުޅޭނެ: ސިޓީގެ ޗެއާމަން

މެންޗެސްޓާ ސިޓީގެ ޗެއާމަން ޙަލްދޫން އަލް މުބާރަކް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއާއެކު---

އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް އަދިވެސް ގިނަ ކުޅުންތެރިން ތަކެއް އަލަށް ޓީމާ ގުޅޭނެކަމަށް މެންޗެސްޓާ ސިޓީގެ ޗެއާމަން ޙަލްދޫން އަލް މުބާރަކް ބުނެފިއެވެ.

މަޝްހޫރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ޙަލްދޫނާ ހަވާލާދީ ބުނެފައިވަނީ އަންނަ ސީޒަނަށް ޓީމު ފައްކާ ކުރުމަށް އަދިވެސް މޮޅެތި ގިނަ ކުޅުންތެރިން ޓީމާ ގުޅޭނެކަން ކަށަވަރު ކޮށްދީފައިވާކަމަށެވެ.

"އަހަންނަށް ޔަޤީން ކޮށްދެވިދާނެ އަދިވެސް އިތުރު ކުޅުންތެރިން މި ހޫނު މޫސުމުގައި އަންނާނެކަމަށް," ޙަލްދޫން ވިދާޅުވިއެވެ.

އެ ޓީމަށް މިހާރު ދުނިޔޭގައި ހުރި ޒުވާން އެންމެ މޮޅު ފޯވާޑު، އާލިން ސިޓީއާ ގުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ދެކުނު އެމެރިކާގައި އެންމެ ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިއެއްގެ ގޮތަށް ފާހަގަ ކުރެވުނު ޖޫލިއަން އަލްވަރޭޒް ވެސް ޓީމާ ގުޅޭނަކަމަށް ޙަލްދޫން ވިދާޅުވިއެވެ.

އެ ކުޅުންތެރިންގެ އިތުރުން ޓީމުން ދަނީ މި ސީޒަނުގައި ބްރައިޓްންގެ ކަނާއަތު ފަޅިން ފަހަތަށް މޮޅު ކުޅުމެއް ކުޅުނު ސްޕެއިންގެ މާކް ކުކުރެލާ އަށް ވެސް ފާރަލަމުންނެވެ. އަދި ވެސްޓު ހަމްގެ މެދުތެރެއަށް ކުޅެމުން އަންނަ ޑެކްލެން ރައިސް ހޯދުމަށް އެ ޓީމުން މަސައްކަތް ކުރާ ކަމަށް މިރާ އިން ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ އިތުރަށް ލީޑްސްގެ ހުނަރުވެރި ފޯވާޑް ކެލްވިން ފިލިޕްސް ވެސް އެ ޓީމުގެ ޓްރާންސްފާ ލިސްޓުގައި ހިމެނޭކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ސީޒަނަށް ފަހު ސިޓީގެ ބައެއް ކުޅުންތެރިން ދޫކޮށްލުމަށް ވެސް އެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން އެ ޓީމުގެ ޔޫކްރެއިން ޑިފެންޑަރު އޮލެކްސެންޑްރާ ޒިންޗެންކޯ ދޫކޮށްލާނެއެވެ. އަދި އެ ޓީމުގެ ކެޕްޓަން ފަނާންޑީނިއޯ ޓީމު ދޫކޮށްލާއިރު ފޯވާޑު ލައިނުގައި ރަނގަޅު ކުޅުމެއް ދެއްކި ރަހީމް ސްޓާލިން ވެސް ހިމެނިފައިވަނީ ޓީމުން ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައެވެ.

ޗެމްޕިއަންސް ލީގު ހޯދުމަށް އަމާޒު ހިފައިގެން މި އަހަރު ވެސް ނިކުތް އެ ޓީމު ސީޒަން ނިންމާލީ ޕްރިމިއާ ލީގު ތަށްޓާއެކުގައެވެ. ޗެމްޕިއަންސް ލީގުން އެ ޓީމުން ކެޓީ ޗެމްޕިއަން ރެއާލް އަތުން ސެމީ ފައިނަލުންނެވެ.

comment ކޮމެންޓް