މިފްކޯގެ ރޯދަ ޕްރޮމޯޝަން މާދަމާ ނިމެނީ

މިފްކޯގެ ރޯދަ ޕްރޮމޯޝަން އިފްތިތާހުކުރުމުގެ ތެރެއިން

މިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުން ފެށިގެން "ފަސްމީރު، އެންމެ މީރު"ގެ ނަމުގައި މިފްކޯއިން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން ނިމެން ދުވަހަކަށް ވެއްޖެއެވެ.

ތޭރަ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް އައީ ދެމުންނެވެ.

މާލެ ސަރަހައްދުގައި ހުރި މިފްކޯގެ ތިން ފިހާރައިގެ އިތުރުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ހުންނަ ސައިޓް ފިހާރަތަކުގައި ކުރިއަށްދާ މި ޕްރޮމޯޝަނުގައި 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފައެވެ.

އެ ކޫޕަން ލިބި، ޕްރޮމޯޝަނުގައި އަދި ބައިވެރި ނުވެވޭ ފަރާތްތަކަށް އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ 12:00ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ ކޫޕަންގައި ވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ހުޅުވޭ ޕޭޖުގައިވާ މައުލޫމާތު ފުރުމަށްފަހު، ކޫޕަންގެ އެތެރޭގައިވާ ނަންބަރު ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.

މި ފްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ކަމާއެކު ވެސް، މި ޕްރޮމޯޝަންގެ ދަށުން މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑުވިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ.

comment ކޮމެންޓް