ބަނގުރާގެ އޮޕަރޭޝަނެއްގައި 12 ފުޅިއާއެކު ހަތަރު މީހުން ހައްޔަރަށް

މާލޭގައި ހިންގި ބަނގުރާގެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް ބަނގުރާ ފުޅި ތަކާއި ބިޔަރު ދަޅުތައް -- ފޮޓޯ/ ޕޮލިސް

ފުލުހުން ހިންގި ބަނގުރާ އޮޕަރޭޝަނެއްގައި 12 ފުޅިއާއެކު މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ ސިޓީގައި މި އޮޕަރޭޝަން ހިންގީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅުވައިގެން ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެއީ 20 އަހަރު، 21 އަހަރު، 27 އަހަރު، އަދި 30 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރުމަށްފަހު، އެމްއެމްއޭ ކުރިމަތީ އޮތް ޕިކަޕަކާއި އެ ދިމާ ފަޅު ތެރޭގައި އޮތް ލޯންޗެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ބުނީ އެ ފާސްކުރުމުގެ ތެރޭގައި 12 ފުޅި ބަނގުރަލުގެ އިތުރުން 441 ދަޅު ބިޔަރު ވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައި ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް