އަނެއްކާވެސް ރިކޯޑެއް، މި މަހު 125,000 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފި

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަސް ތެރޭގައި 125,000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން މެއި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެ އަހަރުގެ މެއި މަހު 103,022 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ މިމަހު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މިހާރު 103,022 އަށް ވުރެ އިތުރުވެ، މެއި މަހަށް އައު ރިކޯޑެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިންގެ މާކެޓުގެ 12.9 ޕަސެންޓް މިހާރު ހިއްސާ ކުރަނީ އިންޑިއާއިންނެވެ. އަދި ޔޫކޭގެ ފަތުރިވެރިންގެ ނިސްބަތް 12.7 ޕަސެންޓުގައި އޮތް އިރު ރަޝިޔާ ފަތުރުވެރިންގެ ހިއްސާއަކީ 9.6 ޕަސެންޓެވެ.

މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް، ސައޫދީ އަރަބިއާ އަދި އޮސްޓްރިއާއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

comment ކޮމެންޓް