ބާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވާ މުއްދަތު އިތުރުކޮށްފި

ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓު ލުމަށް ރަޖިސްޓްރީވާ މުއްދަތު އިތުރުކޮށްފިއެވެ.

މި އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. ވޯޓު ލުމަށް ރަޖިސްޓްރީވާ މުއްދަތު އިތުރު ކޮށްފައި ވަނީ، މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެންކަމުން، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުން، އަންނަ އާދީއްތަ ދުވަހުގެ ރޭ 11:59ގެ ކުރިން ރަޖިސްޓްރީ ވުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ ކުރިން ބާ ކައުންސިލުން ވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ވުމަށް ވާދަ ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އަދި ނަން ހުށަހެޅި ކެންޑިޑޭޓުންގެ ނަން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.

މި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު"ގެ ދަށުން އިންތިޚާބު ކުރި ރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު މި އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

comment ކޮމެންޓް