އިންޑިއާއިން އެމްއެންޑީއެފަށް އަސްކަރީ ފީލްޑް، ދެ އެމްބިއުލާންސް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް ހަދިޔާ ކުރި އަސްކަރީ ފީލްޑް، ދެ އެމްބިއުލާންސް -- ފޮޓޯ/އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ ފީލްޑް އެމްބިއުލާންސް ގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ.

އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް ދެއްކެވި ވާހަަކާގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެކަން ފާހަގަކުރައްވައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދުގެ ވެސް ވާހަކަ ދެއްކެވިއެވެ.

އޭނާގެ ވާހަކައިގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލް އާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާއިން މި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ޑރ. އަޖޭ ކުމާރު އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް ވެސް އޮންލައިންކޮށް ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް