ށ. އަތޮޅުގެ ޖަމުއިއްޔާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ށ. އަތޮޅު ކައުންސިލްގެ މެންބަރުން

ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުއިއްޔާތަކުން ރާވާ ހިންގާ އިޖުތިމާއި ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް "ސަން"އަށް ވިދާޅުވީ މާލީ އެހީއަށް އެދި ހުށަހެޅޭނީ ޖަމުއިއްތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ، އަދި ރަޖިސްޓަރީކުރި ފަހުން އެއްް އަހަރު ވެފައިވާ ށ. އަތޮޅަށް ނިސްބަތްވާ ޖަމުއިއްޔާތަކަށް ކަމަށެވެ.

މާލީ އެހީ ދޫކުރެވޭނީ މުޖުތަމައު ބާރުވެރިކުރުމަށާއި، އިޖްތިމާއީ ތަރައްގީއަށް އަދި އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުމަށް ހިންގާ ޕްރޮގްރާމުތަކަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ށ. އަތޮޅު ކައުންސިލްގެ މެންބަރުން

އެ ޕްރޮގްރާމުތައް ވާންވާނީ އެ ޖަމުއިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށެވެ.

ޖުލައި ފަސް ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮޕޯޒަލް ހުށަހަޅާ ޖަމުއިއްޔާތަކުގެ ތެރެއިން އަތޮޅުން ހޮވާލެވޭ އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ތިން ޖަމުއިއްޔާއަކަށް 75،000 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.

ޝިޔާމް ވިދާޅުވީ މާލީ އެހީ ދިނުމުގެ އުސޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް އަދި މާކްސް ދިނުމުގެ މިންގަނޑުތައް އެ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައިވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު