އެމްއޭސީއެލްއިން ސްކޫލު ދަރިވަރުންނަށް ކެރިއާ އެކްސްޕޯއެއް ބާއްވައިފި

އެމްއޭސީއެލްއިން ކުރިއަށްގެނދިޔަ އެކްސްޕޯގެ ތެރެއިން -- ފޮޓޯ/އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވަޒީފާތަކާ ގުޅޭ ގޮތުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕޯއެއް ބާއްވައިފިއެވެ.

އިއްޔެ ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ތާޖުއްދީން ސުކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ 38 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި މި އެކްސްޕޯގެ މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި އެވިއޭޝަން ސެކްޓާގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމެވެ.

އޭވިއޭޝަން ސްކެޓާގައި ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ފަސޭހައިން ކުރިއަށްދެވޭނީ ކޮން މާއްދާތަކެއް ކިޔަވައިގެންކަން މި އެކްސްޕޯގައިވަނީ ދަރިވަރުންނަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މި އެކްސްޕޯގައި ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓު ކުރުމުގައި އެމްއޭސީއެލްގެ ދައުރާއި، ޓާމިނަލް ސާވިސަސް، ޕެސެންޖާ ސާވިސް، ކޮމާޝަލް، ރޭމްޕް، އެއާޕޯޓު އެމަޖެންސީ ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅޭ މުހިއްމު މައުލޫމާތު ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

comment ކޮމެންޓް