ދިރާގުގެ ހިޔާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ދިރާގުގެ ހިޔާ ޕްރޮމޯޝަނުގެ ނަސީބުވެރިން ---

ހިޔާ ފްލެޓުތަކުގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދުނު ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 50،000 ރުފިޔާ ދީފައިވެއެވެ.

އިނާމުތައް ހާސިލުކުރި ނަސީބުވެރިންނަކީ:

  • އެއްވަނަ އިނާމު، (25،000ރ) އަބްދުއްރަޙްމާން ޙަސަން
  • ދެވަނަ އިނާމު، (15،000ރ) އަޙްމަދު ނާޒިމް
  • ތިންވަނަ އިނާމު، (10،000ރ) އަހުމަދު ޝިޔާމް

މި ޕްރޮމޯޝަނުގެ ދަށުން ފައިބާ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރެއްވެސް ލިބިފައިވެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއް ލިބިފައިވެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެއެވެ.

މީގެ އިތުރުން، 100އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 އިންސައްތަ ރަށަށް ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް