ޔުނައިޓެޑަށް ކްރިސްޓަލް ޕެލަސް އަތުން ސަލާމަތެއް ނުވެވުނު، ކޮންފަރެންސް ލީގުން ސަލާމަތްވީ ހަމަ ކިރިޔާ

ކްރިސްޓަލް ޕެލެސް އަދި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗުގެ ތެރެއިން ---

ކްރިސްޓަލް ޕެލެސް އަތުން ލީގު އެންމެ ފަހު މެޗުގައި ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫއެފާ ކޮންފަރެންސް ލީގު ނުކުޅެ ސަލާމަތް ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޕެލެސްއާ ދެކޮޅަށް ކުޅުނު އެ މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން އެ ޓީމަށް ލިބުނު 58 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. ނަމަވެސް ޔުނައިޓެޑަށް އެ މަޤާމު ލިބުނީ ބްރައިޓަން އަތުން ވެސްޓުހަމް ވެސް ބަލިވުމުންނެވެ.

މިރޭގެ މެޗުން ދެ ޓީމުގެ ފަރާތުން ވެސް ވަނީ ހަމަަހަމަ ކުޅުމެއް ފެނިފައެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ގޯލެއް ޖަހާފައިވެއެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެލްފްރިޑު ޒަހާއެވެ.

ވެލަފްރިޑު ޒަހާ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

އެ ނަތީޖާއާކު އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރޮޕާ ލީގު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

މިރޭގެ ކުޅުނު މެޗުތަކަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅޭނެ އެންމެ ފަހު މެޗުތަކެވެ. މިރޭ ވެސްޓްހަމް 2-1 ގެ ނަތީޖާއަކުން ބްރައިޓަން އަތުންބަލިވުމާމާއެކު އެ ޓީމަށް ވަނީ ޔޫރޮޕާ ލީގުގެ ޖާގަ ގެއްލި ކޮންފަރެންސް ލީގު ކުޅެން ޖެހިފައެވެ. އަދި 5-1 ގެ ނަތީޖާއަކުން އެވެޓަން ބަލިކޮށް އާސެނަލް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.

comment ކޮމެންޓް