އައިޖީއެމްއެޗް ދޫކޮށް ޑރ. ޝާން އަބޫދާބީއަށް

ކަށީގެ ޑރ. ޝާން: އޭނާ ވަނީ ރާއްޖެ ދޫކުރައްވަން ނިންމަވާފައި ---

މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން, އައިޖީއެމްއެޗް ދޫކުރައްވައި ޔުނައިޓެޑް އަރަބި އެމަރޭޓްސް (ޔޫއޭއީ) އަށް ބަދުލުވާން ނިންމައިފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ބުނީ, އެ ހޮސްޕިޓަލްގެ ސީނިއާ ކަށީގެ ޑޮކްޓަރު އަބޫ ދާބީއަށް ބަދަލުވާން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެ ހޮސްޕިޓަލްގައި އިއްޔެ ވަނީ ޑރ. ޝާންގެ ފެއާވެލް ހަފްލާ ވެސް ބާއްވާފައެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އަދި ޑިމާންޑް ބޮޑު ކަށީގެ އެއް ޑޮކްޓަރު ކަމުގައިވާ ޝާން ރާއްޖެ ދޫކުރައްވާ އަބޫ ދާބީއަށް ބަދަލުވާން ނިންމާފައިވާއިރު ދާދި ފަހަކާ ޖެހެންދެން އޭނާ ހުންނެވީ އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ.

ޑރ. ޝާން ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ބަދަލުވާން ނިންމުމުން ބައެއް އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދިވެހީންގެ މެދުގައި މަގްބޫލު ކަށީގެ ޑޮކްޓަރު, ޝާންއަށް ދެއްކުމަށް ގިނަ އަދަދެއްގެ މީހުން އަބަދުވެސް ނަން ނޯޓް ކޮށްފައި ތިބެއެވެ.

comment ކޮމެންޓް