އަތޮޅުތެރެއިން ވެސް ކޮވިޑަށް ޕޮޒިޓޮވްވާ އަދަދު ދަށަށް

މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގައި އެޗްޕީއޭއިން ހަރަކާތްތެރިވަނީ -- ސަން ފައިލް ފޮޓޯ

އަތޮޅުރެއިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށް ހެލެތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާ މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 77 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 28 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ. އަދި އެހެނިހެން ސަރަހައްދުތަކުން 30 މީހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހާއި އަންގާރަ ދުވަހު އަތޮޅުތެރެއިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނެތެވެ.

މިިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް، މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 312 މީހުންނެވެ.

އެގޮތުން، ދެ ހަފްތާ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 43 މީހުންނެވެ. އަދި އަތޮޅުތެރެއިން 222 މީހުން ޕޮޒިޓިވްވި އިރު، އެހެނިހެން ސަރަހައްދުތަކުން 47 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ކުރީ ހަފްތާއާ އަޅާކިޔާނަމަ، އެއީވެސް ދަށްވުމެކެވެ.

އެހެންކަމުން، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 179،560 އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 298 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

comment ކޮމެންޓް