އެންޒައިޓީ ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ކެއުންތަކަކީ ކޮބާ؟

މުޅި ދުނިޔޭގައި ވެސް މިހާރު އެންމެ އާންމު އެއް ނަފްސާނީ މައްސަލަައަކީ އެންޒައިޓީއެވެ. އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެންޒައިޓީ ޖެހިފައިވާ މީހުންގެ ނިސްބަތް އާބާދީގެ 7.6 ޕަސެންޓަށް އަރައެވެ.

އެންޒައިޓީން ލުޔެއް ހޯދުމަށްޓަކައި ގިނަ ބަޔަކަށް ބޭސް ކާން ޖެހެއެވެ. އެއާއެކު ކަސްރަތުކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެއުމަކީ އެންޒައިޓީގެ އަލާމާތްތަކަށް ލުޔެއް ލިއްބައިދޭ ކަންކަމެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، އާންމުކޮށް ކަންބޮޑުވުމާއި ހާސްވުން އިހުސާސް ކުރަންޖެހޭފަދަ ހާލަތްތަކުގައި އެމީހަކު އިޚްތިޔާރު ކުރާ ކާނާގެ ސަބަބުން ސިކުނޑިއަށް އޭގެ ފައިދާ ކުރެއެވެ.

އޭގެ ތެރެއިން ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރީނދޫއަކީ އެންޒައިޓީ ހުންނަ މީހުންގެ ހަށިގަނޑަށް ލުޔެއް ލިއްބައިދޭ އެއްޗެކެވެ. ރީނދޫގައި އެކުލެވޭ އެންޓި-އޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ މާއްދާތަކަކީ ސިކުނޑީގައި ހުންނަ ސްޓްރެސްއާ ގުޅުން ހުރި ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މީގެ އިތުރުން ކެއުމުގެ ތެރޭގައި ޑާކް ޗޮކްލެޓް ހިމެނުމަކީ އެންޒައިޓީ އަދި ސްޓްރެސްވުމުން ދުރުހެލިކޮށްދޭ އެއްޗެއްކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. އެގޮތުން ޑާކް ޗޮކްލެޓްގައި އެކުލެވިގެންވާ ފްލޭވޮނޯލްތަކުގެ ސަބަބުން ސިކުނޑީގެ ހަރަކާތްތަށް އިތުރުކޮށްދެއެވެ. އަދި ޑާކް ޗޮކްލެޓް ކެއުމުގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަމުން ދުރުކޮށްދެއެވެ.

ޔޯގަޓާކީވެސް ކަންކަމާ ކަންބޮޑުވެ ހާސްވާނަމަ ކެއުމަށް ރަނގަޅު އެއްޗެކެވެ. ސަބަބަކީ ޔޯގަޓުގައި އެކުލެވިގެންވާ ސިއްޙަތަށް ފައިދާހުރި ބެކްޓީރިއާތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހިތެރިވެދޭ އެެއްޗެކެވެ.

ބޭސް އަދި ތެރަޕީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކެއުންތަށް ކެއުމުން އެންޒައިޓީން ދުރުކޮށްދެއެވެ.

comment ކޮމެންޓް