ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކުރަނީ -- ފޮޓޯ/ ޕޮލިސް

ދިވެހި ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކޮށްފިއެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާޕަސް ހޯލުގައެވެ. ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ޝަކީލްއެވެ.

ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 74 މުވައްޒަފުން ހުވާކޮށްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ 70 ފުލުހުންނާއި ހަތަރު ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނެވެ. ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ސޮއިކޮށްފައިވެއެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒް އާއި ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް