އޭރޯފްލޮޓުގެ ދަތުރުތައް އަލުން ފަށައިފި، ތަރުހީބު ރަނގަޅު

މިއަދު ހުޅުލެއަށް ޖެއްސި އޭރޯފޮލޮޓުގެ ފްލައިޓުން ފަތުރުވެރިން ފައިބަނީ ---

ރަޝިޔާގެ ގައުމީ އެއާލައިން، އޭރޯފްލޮޓުގެ ދަތުރުތައް ޔޫކްރޭން ހަނގުރާމައާ ގުޅިގެން މެދުކެނޑިފައި އޮތުމަށް ފަހު، މިއަދު އަލުން ފަށައިފިއެވެ.

ދަތުރުތައް އަލުން ފެށުމަށް މިއަދު ހެނދުނު 08:15ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޓްރެވަލް އޭޖެންސީތަކުން ބުނެއެވެ. އެގޮތުން، ގާތްގަނޑަކަށް ފްލައިޓުގެ 80 އިންސައްތަ ފުރިފައިވާ ކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެއެވެ.

މިއަދު ހުޅުލެއަށް ޖެއްސި އޭރޯފްލޮޓުގެ ފްލައިޓް ---

އޭރޯފްލޮޓުން މާލެއާއި މޮސްކޯއާ ދޭތެރޭ ދުވާލަކު 300 މީހުންގެ ޖާގައިގެ އެއް ފްލައިޓް ދަތުރުކުރެއެވެ. އެއީ ރާއްޖެއާ ރަޝިޔާއާ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނެެވެ.

މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހު އޭރޯފްލޮޓުގެ ދަތުރުތައް ހުއްޓާލުމާ ހަމައަށް ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމެވެ. އޭގެފަހުން، އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަަދު 70 އިންސައްތަ ދަށްވިއެވެ. މިހާރު އެ ގައުމު އޮތީ މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައެވެ.

މި މަހުގެ 10ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ 9.7 އިންސައްތަ އަކީ ރަޝިޔާއިން އައި މީހުންނެވެ.

comment ކޮމެންޓް