އެސްޓީއޯ އިން "އައިވީ ޗިލްރަންސް ޑޭ"ގެ ނަމުގައި ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

އެސްޓީއޯ އިން ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ކުޑަ ކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން "އައިވީ ޗިލްރަންސް ޑޭ"ގެ ނަމުގައި ޚާއްސަ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

ޤައުމީ ކުޑަ ކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސް އިމާރާތުގައި ބޭއްވި މި ހަވީރުގައި ތަފާތު ހަރަކާތް ތަކާއެކު ކުޑަކުދިންގެ މަގޫބޫލު ރޮބޯމޭން ވަނީ ކުޑަކުދިންގެ ފެވަރިޓް ޔޯގަޓް ޑުރިންކުގެ މުޅިން އައު ޕެކެޓް ކުޑަކުދީންނަށް ދައްކާލާފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯ އިން ބޭއްވި ކުޑަ ކުދިންގެ ހަވީރުގައި ރޮބޯމޭން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން ބާޒާރަށް ނެރެ، ވިއްކަމުން އަންނަ މި އައިވީ ޔޯގަޓް ޑްރިންކަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޚާއްސަ، އަދި ސިއްޙަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ޔޯގަޓް ޑްރިންކެކެވެ.

ތައިލެންޑުގެ މަޝްހޫރު އައިވީ އުފެއްދުމަށް ބޭނުންކުރަނީ ޗެކް ރިޕަޕްލިކް އިން އިންޕޯޓް ކުރާ އެންމެ ތާޒާ ކިރެއެވެ.

އައިވީގައި މުޅިއެކު ހަ ރަހައެއް ހިމެނެއެވެ. އެ ރަހަ ތަކަކީ އޮރެންޖް، ބްލޫބެރީ، ލައިޗީ، ޕުލައިން، އަދި ސްޓޯބެރީ މިކްސް ފުރުޓެވެ.

އެސްޓީއޯ އިން ބޭއްވި ކުޑަ ކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

ޕީޕަލް ޗޮއިސްގައި ބޭއްވި މި ޚާއްސަ ކުޑަކުދީންގެ ހަވީރުގައި ފޭސް ޕެއިންޓް ކުރުމާއި ރޮބޯމޭންގެ ކުޅިވަރުތަކުގެ އިތުރުން އާޓް އެންޑް ކްރާފްޓް ފަދަ ކުޑަކުދީންނާ ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.

އެސްޓީއޯ އިން ބޭއްވި ކުޑަ ކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން ވަނީ މިއަދު ބޭއްވި ކުޑަކުދީންގެ ހަވީރުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް އަންނަ ކުޑަކުދީންނަށް ވެސް އެ ކުދީން ގަޔާވާ ފަދަ އިނާމުތަކެއް ދީފައިވެއެވެ.

ކޮންމެ އަހަރަކު ވެސް ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގައެވެ.

comment ކޮމެންޓް