ކަކުލުގެ މައި ލިގަމެންޓް އިރައިގެން ދިއުމުގެ ފަރުވާގައި ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓް ޓްރީޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ބޭނުންކޮށްފިއެވެ.
މި ސާޖަރީ ކުރީ ވާތު ފައިގެ ކަކުލުހުޅުގެ ލިގަމެންޓް އިރައިގެން ދިޔަ ކުޅުންތެރިއަަކަށް ކަމަށް އެ ކަމުގައި އިސްވެ ހަރަކާތްތެރިވި ޑޮކްޓަރު ކަނިރާޖް މަރިމުތު ވިދާޅުވިއެވެ.
އެ ކުޅުންތެރިޔާ މީގެ ކުރިން ވަނީ ކަނާތު ފައިގެ އޭސީއެލް ދެ ފަހަރަށް އިރައިގެން ދިއުމުން ދެ ފައިގެ ހޭމްސްޓްރިން ވެސް ބޭނުންކޮށްފައެވެ. ވާތު ފައިގެ ފަރުވާއަށް ބޯން ޕެޓްލާ ޓެންޑޮން ބޭނުންކުރަން ޖެހުނީ އެހެންވެއެވެ.
ޓްރީޓޮޕުން ބުނީ އާންމުކޮށް އެ ސާޖަރީ ހެދުމުގައި ބޭނުންކުރަނީ ހޭމްސްޓްރިން ގްރާފްޓް ކަމަށާއި، ބޯން ޕެޓެލާ ގްރާފްޓް ބޭނުންކުރަނީ އެ ސާޖަރީ ތަކުރާރުކޮށް ކުރަން ޖެހުމުން ކަމަށެވެ.
ބޯން ޕެޓެލާ ޓެންޑޮން ގްރާފްޓަކީ ހޭމްސްޓްރިންއަށް ވުރެ ވަރުގަދަ ގްރާފްޓެކެވެ. އަދި އެއީ އޭސީއެލްގެ ސާޖަރީގައި ބޭނުންކުރެވޭ އެންމެ ވަރުގަދަ ގްރާފްޓް ވެސްމެއެވެ.
ޑރ. ކަނިރާޖް މަރިމުތަކީ ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. ވިޒިޓިން ކޮންސަލްޓަންޓެއްގެ ގޮތުން ޓްރީޓޮޕުގައި ފަރުވާ ދެއްވަމުން ގެންދަވާ ޑރ ކަނިރާޖް މި މަހުގެ ހަޔެކުން 12އަށް އެ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވެއެވެ.