މާފުށީގައި ތޫނު އެއްޗަކުން ހަމަލޭދޭން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކ. މާފުށީގައި އިއްޔެ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފުށީގައި ތުނު އެއްޗެއް ބޭނުންކޮގެން މާރާމާރީ ހިންގަން އުޅޭކަމުގެ މައްސަލައެއް ރޭ ހުށަހަޅާފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ފިރިހެނެކާއި 21 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މާފުށިން މާލެ އައިތަނުން މާލެއިންކަމަށެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް