އިންޑިއާގެ އެހީގައި، އަލިފާނުގެ ހާދިސާތަކަށް ސިފައިން ތަމްރީނު ކުރަނީ

އަލިފާނުގެ ހާދިސާ، އެސްބީއައި އަލިފާން، ސިފައިން

އަލިފާނުގެ ހާދިސާތަކަށް ސިފައިން ތަމްރީނު ކުރުމުގެ ފުރުސަތުތަކެއް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން އެމްއެންޑީއެފްއަށް ފޯރުކޮށްދީފިއެވެ.

އިންޑިއާގެ އެމްބަސީން ބުނީ، އެއީ މާލޭގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރްއެސް)ގެ ދައުރަށް، އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމުގެ ތެރެއިން ހިއުމެނަޓޭރިއަން އެސިސްޓަންސް ފޯރުކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި އެމްއެންޑީއެފްގެ އެދުމުގެ މަތިން ސިފައިންނަށް ގިނަ ތަމްރީން ފުރުސަތުތަކެއް ފޯރުކޮށްދީފައިވާކަން އެމްބަސީން ފާހަގަކުރިއެވެ.

އޭގެ ތެރޭގައި، އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ނެޝަނަލް އިންޑަސްޓްރިއަލް ސެކިއުރިޓީ އެކެޑަމީ (އެންއައިއެސްއޭ)އިން ތަމްރީން ފުރުސަތުތަކެއް ދީފައިވެއެވެ. އަދި ފުޅާ ދާއިރާއެއްގައި ސަބް އޮފިސަރު، ޑިވިޝަނަލް އޮފިސަރު، ސްޓޭޝަން އޮފިސަރު، ފަޔާ ހެޒާޑް، ފަޔާ ސޭފްޓީ އަދި ރެސްކިއު ކޯސްތަކުގައި 20 އެފްއާރްއެސް އޮފިސަރުން ވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން، 2022 - 2023އަށް އެމެޖެންސީ އަދި ރެސްކިއު ޑްރިލް ކުރިއަށް ގެންދިއުމުގައި، އެފްއާރްއެސް ތަމްރީން ދިނުމަށް ތަފާތު ބޭސިކް އަދި އެޑްވާންސް ކޯސްތަކުގެ 27 ތަމްރީން ފުރުސަތު ވަނީ އެމްއެންޑީއެފްއަށް ދީފައިއެވެ.

އެގޮތުން، ސްޓޭޝަން އޮފިސާ އަދި ޑިވިޝަނަލް އޮފިސާ ކޯސް ތަކުގައި ބައިވެރިވުމަށް، ފަސް ގުރޫޕެއް، އަންނަ ހޯމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، އެންއައިއެސްއޭގައި ހަރަކާތްތެރި ވާނެ ކަމަށް އެމްބަސީން ބުންޏެވެ.

އިންޑިއާ އެމްބަސީން ވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒައާމަތުގެ ދަށުން އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ ތެރެއިން، އެކި ދާއިރާ ތަކުން ދިވެހިންގެ ގާބިލިއްޔަތުކަން އިތުރުކުރުމާއި ތަމްރީން ދިނުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް