ފަސޭހަކަމާއެކު ބަރުދަން ލުއިކުރުމަށް ބައިސްކަލު ދުއްވާ!

ފޮޓޯ: ގެޓީ އިމޭޖަސް

ބައިސްކަލު ދުއްވުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. އާންމު ގޮތެއްގައި ދިވެހިން ބައިސްކަލު ދުއްވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ކަމުގައި ވީ ނަމަވެސް، ބައެއްމީހުން ހެނދުނު ކަސްރަތު ކުރުމުގެ ބޭނުމުގައިވެސް ބައިސްކަލު ދުއްވައެވެ.

ބެލީ ފެޓް ނުވަތަ ބަނޑުގައި ޖަހާފައިވާ މަސްތަކަކީ ވިރުވާލަން އުނދަގޫ މަސްތަކެކެވެ. ނަމަވެސް ބައިސްކަލު ދުއްވުމަކީ ބަނޑުގައިވާ މަސްތައް ވިރުވާލުމަށް މަގުފަހިކުރާ ކަމެކެވެ.

ބަރުދަން ލުއިކުރުމަށްޓަކައި، ކެއުމުން ލިބޭ ކެލޮރީސްއަށްވުރެ ގިނަ ކެލޮރީސް ކަސްރަތު ކުރާ ވަގުތުގައި ބޭނުން ކުރާށެވެ.

ބައިސްކަލު ދުއްވާ ވަގުތުތަކުގައި އާދައިގެ ސްޕީޑެއް ބޭނުންކުރާށެވެ. އާދައިގެ ސްޕީޑްއެއްގައި ބައިސްކަލު ދުއްވުމުގެ ސަބަބުން ހަށިގަނޑުގައިވާ ފެޓްސްތައް އަނދައިގެންދެއެވެ. އެއް ސްޕީޑްގައި ހަފުތާއަކު ތިން ދުވަހު ދެ ގަޑިއިރު ވަންދެން ބައިސްކަލު ދުއްވުމުން ބަރުދަން ލުއިކޮށްދޭނެއެވެ.

ބަރުދަން ލުއިކުރުމަށްޓަކައި ބައިސްކަލު ދުއްވުމާއި އެއްވަރަށް ކެއުމަށްވެސް ސަމާލުކަންދޭން ޖެހޭނެއެވެ. އެގޮތުން ކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީންސް ހިމެނޭ ކެއުންތައް އިތުރުކޮށް، ހަކުރު އަދި ސެޗުރޭޓެޑް ފެޓްސް އެކުލެވޭ ކެއުންތަކުން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު