ލޯބީގެ އަސަރުގަދަ ފިލްމު "ހެހެސް" މީޑިއާނެޓުން ދައްކަން ފަށައިފި

ފިލްމު ހެހެސްގެ ޕޯސްޓަރެއް

ފިލްމު "ހެހެސް" މީޑިއާނެޓުގެ އެމްއެސް ޓީވީ ވީޑިއޯ ކުލަބުން ދައްކަން ފަށައިފިއެވެ.

"ހެހެސް" ފިލްމުން ފެނިގެން ދަނީ ލޯބި ހާސިލް ކުރުމަށް ހީލަތްތެރި ރޭވުން ތަކާ އެކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއްގެ ވާހަކައެެވެ.

އެ ފިލްމުން އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ އެވެ.

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ދިވެހި ފިލްމު "ހެހެސް" ގެ އޮފިޝަލް ޓްރެއިލާ މީޑިއާނެޓުން ވަނީ އާންމުކޮށްފައެވެ.

އެ ޓްރެއިލާއިން ފެނިގެން ދަނީ ހަތަރު އަންހެނުން އެ މީހުންގެ ލޯބި ސިފަ ކުރާ ގޮތެވެ. ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ.

މީޑިއާނެޓް މެދުވެރިކޮށް އެ ފިލްމު ބެލޭނީ ވީޑިއޯ ކްލަބަަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށެވެ. މި ފިލްމް އެމްއެސް ޑިޖިޓަލް އެޕަށް ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 16ވަނަ ދުވަހުއެވެ.

comment ކޮމެންޓް