މިއަހަރުގެ އޯލެވެލް އިމްތިޙާން މިއަދު ފަށައިފި

އޯލަވެލް ހެދުމަށް ކުދިންތަކެއް ހޯލުގައި-- ފޮޓޯ: އެޑިއުކޭޝަން

ޖުމުލަ 5939 ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެއެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހާއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ވަނީ ބައިވެރި ވެފައެވެ.

މިއީ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، ބޭއްވޭ ފުރަތަމަ އޯލެވެލް އިމްތިހާނެވެ.

comment ކޮމެންޓް