ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސް މާފުއްޓަށް ވަޑައިގެންފި

ރައީސްގެ ދެކަނބަލުން މާފުށީގައި--ފޮޓޯ/މާފުށި ކައުންސިލް

ފިތުރު އީދު ދުވަހާ ގުޅިގެން ކ. މާފުށީގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މާފުއްޓަށް ވަޑާއިގެންފިއެވެ.

މާފުށީ ކައުންސިލްގެ ދައުވަތު ގަބޫލުކުރައްވާ ރައީސް ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރަސްމީ ލޯންޗުކޮޅުގައި މާފުއްޓަށް ވަޑައިގެންނެވީ މިއަދު 11:45 ހާއިރުއެވެ.

ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާފުށީ ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.

ރައީސް ވަނީ މަރުހަބާ ދަންނަވަން ބަނދަރަށް އެއްވެ ތިބި މީހުންނާ ސަލާމްކޮށް ފޮޓޯ ނަންގަވާފައެވެ.

މާފުށީގައި ޢީދުނަމާދުކުރަނީ--ފޮޓޯ/ކައުންސިލް

ރައީސް މާފުއްޓަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނީ މެންދުރު ފަހު އޮންނަ ސަގާފީ ޖަފާތެއްގައި އާއި ކުޑަކުދިންގެ ހަވީރުގައެވެ.

މާފުށީގައި ޢީދު ފާހަގަކުރުން ފަށައިފައިވަނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެނދުނުގެ ސަޔަކުންނެވެ.

މާފުށި އީސު ސައި--ފޮޓޯ/މާފުށި ކައުންސިލް

އީދާ ދިމާކޮށް މާފުއްޓަށް 2،000 އާ ގާތް ކުރާ އަދަދަކަށް މީހުން ގޮސްފައިވެއެވެ. މިފަހަރު އީދު އެންމެ ކުލަ ގަދަކޮށް ބާއްވާ އެއް ރަށަކީ ވެސް މާފުއްޓެވެ.

comment ކޮމެންޓް