ފިތުރު ޢީދު ދުވަހު ރައީސް މާފުއްޓަށް ވަޑައިގަންނަވަނީ

ރައީސްގެ ދެކަނބަލުން -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ފިތުުރުޢީދުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ކ. މާފުއްޓަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މާފުށީ ކައުންސިލްގެ ރައީސް ޙަސަން ޞަލާހު "ސަން" އަށް ވިދާޅުވީ މާފުށީގެ ޢީދު ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސްގެ ދެ ކަނބަލުންނަށް ދަޢުވަތު ދެއްވި ކަމަށާއި އަދި އެ ދަޢުވަތު އެ ދެކަނބަލުންވަނީ ގަބޫލުކުރައްވާފައި ކަމުގައެވެ.

މިއަހަރުގެ ފިތުރު ޢީދު ކުލަގަދަކޮށް ފާހަގަކުރާ އެއްރަށަކަށް މާފުށިވާނެއެވެ.

އެގޮތުން މާފުށީގައި ޢީދު ފެށާނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެނދުނުގެ ސަޔަކުންނެވެ.

ޢީދު ދުވަހު ކުޑަކުދިންނަށް ޚާއްސަ ހަވީރާއި އެކި އުމުރުފުރާތަކަށް ޚާއްސަކޮށް މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުން ބުނެފައިވަނީ ޢީދު ދުވަހުގެ ރޭ އޮންނަ ޝޯއަށްފަހު ހަވާ ވެސް އަރުވާނެ ކަމަށެވެ.

މި ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.

comment ކޮމެންޓް