47 ސުވާލު މި ފަހަރު އާޝާއަށް، ޖަވާބުތައް ފުރިހަމަ!

މި އަހަރުގެ ރަމަޟާން މަހު ސަން އިން ގެނެސްދޭ "47 ކުއިޝަންސް"ގެ ތިންވަނަ އެޕިސޯޑު ދައްކައިލައިފިއެެވެ.

މި އެޕިސޯޑުގައި ބައިވެރިވީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޒުވާން އެކްޓްރެސް އައިމިނަތު ރަޝްފާ (އާޝާ)އެވެ.

އެ ސުވާލުތަކަށް ޖަވާބުދިނުން އާޝާއަށް މާ ބޮޑު ކަމަކަށް ނުވިއެވެ. ވަރަށް ފަސޭހަކަމާއެކު ހިނިތުންވެ އިނދެ ހުރިހާ ސުވާލަކަށް ވެސް ޖަވާބުދީ ނިންމައިލިއެވެ.

ޑާކްރެއިންގެ "ގޮށްރާޅުން" ސިނަމާއަށް ތައާރަފްވި އާޝާއަކީ ވިދަމުން އަންނަ ތަރިއެކެވެ. މީގެ އިތުރުން ވެސް، ތަފާތު އެކި ފިލްމުތަކުގައި އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އަދި އަންނަނީ ކުރަމުންނެވެ.

މި އަހަރުގެ ރޯދަ މަހު ސަންއިން ގެނެސްދޭ "47 ކުއިޝަންސް" ޕްރޮގްރާމަކީ ފަންނާނުންނާ ގުޅޭ ތަފާތު މައުލޫމާތުތައް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް