މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރްސީން ޒީ ނެޓްވޯކާއެކު ކެމްޕެއިނެއް ފަށައިފި

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

މެދިއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީން) ޒީ ނެޓްވޯކާ ގުޅިގެން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރު, މެދުއިރުމައްޗަށް ޙާއްޞަކޮށް ޒީ ނެޓްވޯކުން ހިންގާ ޒީ އަލްވާން އަދި ޒީ އަފްލާމް ޗެނަލްތަކުގައި 30 ދުވަސް ވަންދެން ދައްކާނެކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ފަނަރަ ސިކުންތުގެ މި އިޝްތިހާރުތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ލަގްޒަރީ، ރޮމޭންޓިކް، ހަނީމޫން، ފެމިލީ އަދި އެޑްވެންޗާ ސެގްމެންޓު ވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެއެވެ.

އެމްއެމްޕީއާރްސީން ބުނިގޮތުގައި މި ކެމްޕެއިންގެ މަގުސަދަކީ ޒީ ނެޓްވޯކްގެ މި ދެ ޗެނަލް މެދުވެރިކޮށް މެދުއިރުމަތީ މާކެޓުގައި ރާއްޖޭގެ ބްރޭންޑަށް އޮންނަ ސަމާލުކަން އިތުރުކޮށް، މަންޒިލް އިތުރަށް އިޝްތިހާރު ކުރުމެވެ.

އެމްއެމްޕީއާރްސީން ިއތުރަށް ބުނީ މި ކެމްޕެއިން ކުރިއަށް ގެންދަނީ އެމްއެމްޕީއާރުސީން މެދުއިރުމައްޗަށް ޚާއްޞަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންކަމަށެވެ.

މި ސްޓްރެޓަޖީ ބިނާވެފައިވަނީ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުންވާ މަންޒިލްގެ ގޮތުގައި ގާއިމުކުރުމަށެވެ.

މި ސްޓްރެޓަޖީގެ މަގުސަދަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ހައިސިއްޔަތުން ރާއްޖޭގެ ތަފާތުކަން ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ކަމަށްވާ ރިޒޯޓް، ގެސްޓްހައުސް، ހޮޓެލްސް އަދި ލިވަބޯޑުތަކާއި، ތަފާތު ތަޖުރިބާތައް އިޝްތިހާރުކުން ކަމުގައި އެމްއެމްޕީއާރްސީން ފާހަގަކުރިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި އަހަރު ޖަނަވަރީ މަހާ ހަމައަށް 19,022 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް