ނިދި މަދުވުމުގެ ސަބަބުން ހަންގަނޑަށް ކުރާ އަސަރުތަކަކީ ކޮބާ؟

ދުވާލަކު މަދުވެގެން އަށް ގަޑއިރު ނިދުން މުހިންމު ކަމުގައި ވީނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ގިނަ ބަޔަކަށް ހަމައަށް ނުނިދެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ރަނގަޅަށް ނިދުމަކީ ދުވާލުގެ ބުރަ މަސައްކަތައް ފަހު ކުރުން މުހިންމު ކަމެކެވެ. އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނަކީ ހަންގަނޑެވެ. ހަމައަށް ނިދި ނުލިބުގެ ސަބަބުން ހަންގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެގޮތުން، ހަންގަނޑުގައި އިލާސްޓިސިޓީ ދަށްވުމާއި ޕިގްމެންޓޭޝަން އިތުރުވެ، ހަންގަނޑުގައި ރޫ ޖެހުންފަދަ ކަންކަން ދިމާވެއެވެ.

އިންސާނާ ނިދާ އަށް ގަޑިއިރުގެ ތެރޭގައި ހަށިގަނޑު ތަފާތު ތިން މަރުހަލާއެއް ކަޑައްތު ކުރެއެވެ. އެެގޮތުން ނިދާ ފުރަތަމަ ތިން ގަޑިއިރުގެ ތެރޭގައި ޕިޓޫއިޓަރީ ގްލޭންޑުން އިންސާނާ ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯން ކަމުގައިވާ ސޯމަޓޯޓްރޮޕިން އުފައްދައެވެ. ސޯމަޓޯޓްރޮޕިންއަކީ ހަންގަނޑަށް ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ހޯމޯންއެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ ވަރަށް ސޯމަޓޯޓްރޮޕިން ނުލިބުމަކީ މުސްކުޅިވުން އަވަސްކޮށްދޭ ކަމެކެވެ.

އަހަރެމެން ނިދަން ހޭދަކުރާ އިތުރު ދެ ގަޑިއިރުގެ ތެރޭގައި ހޯމޯން މެލަޓޮނިން އުފައްދާ މިންވަރު އިތުރުވެއެވެ. އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މެލަޓޮނިންއަކީ ފްރީ ރެޑިކަލްތަކުން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހަށިގަނޑަށް އެކަށީގެންވާވަރަށް ނިދި ނުލިބުމުގެ ސަބަބުން، ހަށިގަނޑުގައި ހޯމޯން ބެލެންސް ކުރަން އުނދަގޫވެ، ސެޓްރެސް ވެއެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައިވާ ކޮލާޖެންތަކަށް ގެއްލުން ލިބެއެވެ. ކޮލާޖަންއަކީ އެމިނޯ އެސިޑްތަކުން އުފައްދާ ވަރަށް މުހިންމު ޕްރޮޓީންއެކެވެ. މި ޕްރޮޓީންގެ ސަބަބުން، ހަންގަނޑުގައި ރޫޖެހުން މަދުވެގެންދެއެވެ.

ލޯކައިރި ކަޅުވުމަކީވެސް ނިދި މަދުވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ލޯ ކައިރީގައިވާ ލޭހޮޅިތައް ޑައިލޭޓްވާ ނުވަތަ ފުޅާވާ ކަމެކެވެ. މިކަމުގެ ސަބަބުން ލޯ ކައިރީގައި ލޭ ދައުރުވާ މިންވަރު އިތުރުވެ، ލޯ ކައިރި ކަޅުވުމަށް މެދުވެރިވެއެވެ. އެހެންކަމުން، ރޭގަނޑު ރަނގަޅަށް ނިދުމަކީ މުހިންމު ކަމެކެވެ. ދަގަނޑު އަދި ވިޓަމިން ސީ ސަޕްލިމެންޓްސްގެ ސަބަބުން ލޯ ކައިރި ކަޅުވުން ކުޑަކޮށްދެއެެވެ.

ނިދި މަދުވުމުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ޓަކައި 2020 ވަނަ އަހަރު ދިރާސާއެއް ހަދާފައިވެއެވެ. އެ ދިރާސާގައި 40 އަހަރާއި 32 އަހަރުގެ އަންހެނުން ހިމެނޭގޮތަށް ހަ ރޭ ވަންދެން އެއްބަޔަކު ކޮންމެ ރެޔަކު އަށް ގަޑިއިރު ނިދާފައިވެއެވެ. އަދި އަނެއްބަޔަކު ހަތަރު ގަޑި އިރު ވަންދެން ނިދާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހު ހަމައަށް ނިދި ނުލިބުނު މީހުންގެ ހަންގަޑުން، އެކަށީގެންވާ ވަރަށް ފެން ނުލިބުމުގެ އަލާމާތްތަށް ފެންނަން ހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު