ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް އިކޮނިމިކް މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް އިކޮނިމިކް މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

"މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް (އެމްސީއީއައިއެސްޕީ)" ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު ވެވުނު މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ގައި ސޮއިކުރުން އޮތީ، އިއްޔެ އިކޮނޮމިކް މިނިސްޓްރީގައެވެ.

މި އެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަ އޮފް ސްޓޭޓް، ނީޒާ ޢިމާދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމެވެ.

ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް އިކޮނިމިކް މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ
މި އެމްއޯޔޫގެ މަޤްސަދަކީ، އެމްސީއީއައިއެސްޕީ ޕްރޮޖެކްޓްގެ ދަށުން، އިކޮނޮމިކް މިނިސްޓްރީއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި
ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ.

"އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލައި ޓެކްނިކަލް ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، ޕްރޮގްރާމަށް ޝަރުތުހަމަވާ ގޮތުގެ މަތިން،" އެމްޓީސީސީން މައުލޫމާތުދިނެވެ.

އެމްޓީސީސީން ބުނީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ހާޒިރީއާއި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވޭނެ ކަމަށެވެ.

އެމްއޯޔޫ ދެމިއޮންނާނީ މި އަހަރުގެ ނިޔަލަށެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ މީހުންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް