ހިޔާ ފްލެޓްގައި ފުރަތަމަ ފާމަސީ ހުޅުވައިފި

ހިޔާ ފްލެޓްގައި ފުރަތަމަ ފާމަސީ ހުޅުވުން -- ފޮޓޯ/ އެޗްޑީސީ

ހިޔާފްލެޓްގައި ފުރަތަމަ ފާމަސީ މިއަދު ހުޅުވައިފިއެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދިން ގޮތުގައި، ފާމަސީ ހުޅުވާފައި ވަނީ ޓަވަރު 5ގައެވެ. އެއީ އިސްއެރި-2 ގެ ނަމުގައި ހުޅުވި ފާމަސީއެކެވެ.

ހިޔާ ފްލެޓްތަކުގައި ތިން ކްލިނިކާއި ތިން ފާމަސީ ހެދުމަށް ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި އެޗް12ގައި ހަދާ ކްލިނިކަކާއި ފާމަސީގެ އިތުރުން އެޗް6ގައި ހަދާ ކްލިނިކަކާއި އެޗް11ގައި ހަދާ ފާމަސީއެކެވެ.

އޭގެ ތެރެއިން މިހާރު ނިމުނީ އެޗް5 ގައި ހެދި ފާމަސީއެވެ.

އެޗް11 ގައި ހަދާ ފާމަސީ އަކީ ކޮމްޕްލީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދާ ފާމަސީއެކެވެ. އަދި އެޗް12 ގައި ހަދަމުންދާ ފާމަސީއަކީ އެޑްވާންސް މެޑިކަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދާ ފާމަސީއެކެވެ.

އާއްމު ޚިދުމަތް ދިނުމަށް ހިޔާގެ 16 ޓަވަރުގައި މިވަގުތު ހުރީ 10 ފިހާރައެވެ. އެއީ ޓަވަރު 1، 4، 5 ،6 ،7 ،9، 14، 16، ގައި ހުރި ފިހާރަތަކާއި ޓަވަރު 12ގައި ހުރި ދެ ފިހާރައެވެ.

comment ކޮމެންޓް