ދިފާއީ އެއްބާރުލުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އަސާސް: ރައީސް

ރައީސް ޞާލިޙް އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރު ހަރީ ކުމާރުއާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިފާއީ އެއްބާރުލުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އެކުވެެރިކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް އާރު ހަރީ ކުމާރު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުންނެވެ.

ރައީސް އޮފީހުގައި މިއަދު އެ ދެ ބޭފުޅުން ބައްދަލުކުރައްވައި، ރައީސް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެ ވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ދިފާއީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިފާއީ ގޮތުން ދޭ އެއްބާރުލުމަކީ ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި ވަނީ މެރިޓައިމް ސޭފްޓީ ހަރަކާތްތަކާއި، ދެ ގައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ދިފާއީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް