މާލެއިން މީހަކު ގެއްލިގެން ހޯދާތާ 26 ދުވަސް

ގެއްލިގެން ހޯދަމުންދާ ޙަސަން ރުޝްދުﷲ--- ފޮޓޯ/ ފުލުހުން

މާލެއިން މީހަކު ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާލެ/ ގ. ޑްރީމްހައުސް، އުމުރުން 53 އަހަރުގެ ޙަސަން ރުޝްދުﷲއެވެ.

ފުލުހުން ބުނީ އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން އެ މީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ވަގުތެއްގައި ކަމަށެވެ.

ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން މިހާތަނަށް އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޙަސަން ރުޝްދުﷲ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުއި، ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް